ދެ އަހަރުވީ ރިކަވަރީ ކޮމިޝަނުން ރިކަވާ ކުރީ އަމިއްލަ މުސާރަ: ޝުޖާ

ދެ އަހަރުވީ ރިކަވަރީ ކޮމިޝަނުން ރިކަވާ ކުރީ އަމިއްލަ މުސާރަ: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
24 އޮކްޓޯބަރ 2020 03:50
0

ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނަށް ދެ އަހަރުވާއިރު، އަމިއްލަ މުސާރަ ރިކަވާކުރުން ނޫންކަމެއް ކޮށްފައި ނުވާކަމުގައި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް ހާޒިރު ކުރިކަމަށްބުނެ ދެކެވޭ ވާހަތަކާއި ގުޅިގެން ޝުޖާއު ވިދާޅުވީ މިސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތަކީ އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ އަގުވައްޓާލައި އިދިކޮޅު ބަލިކަށި ކޮށްލުންކަމަށެވެ. ނަމަވެސް އެކަންކުރަން އިދިކޮޅު ޖާގަ ނުދޭނެކަމަށްބުނެ ޝުޖާ ވަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސްއަށް ކުރެވޭ ތުހުމަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި ސަރުކާރުގެ ބޭނުމަކީ އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ އަގު ވައްޓާލުން. ރައްޔިތުންނަށް ހެޔޮ އެދިގެން ކަމެއް ކުރުމެއްނޫން. ބަލަ އައްސަދޫ ކަލޭ ތޯ ޤުރުއާން ތަރުޖަމާއިން ވައްކަންކޮށްފަ ހުރި މީހެއް. ކަލޭ އޮންނާނީ ޕީޕީއެމް ވެރިކަމެއްގައި ޖަލުގަ.

– އިބްރާހިމް ޝުޖާ

ޝުޖާ ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އައްސަދަކީ ބޮޑެތު ތުހުމަތުތަކެއް ކުރެވޭ ބޭފުޅަކަށްވާއިރު އެވަރުގެ ބޭފުޅަކު މުޖުތަމައުގައިވެސް ބެހެއްޓުމަކީ ގަބޫލުކުރެވޭ ކަމެއްނޫނަކަމަށެވެ. އަދި ކޮމިޝަނުން މިހާތަނަށް ކުރެއްވި ހަމައެކަނި މަސައްކަތަކީ މުސާރަ ރިކަވާ ކުރުންކަމަށް ސުޖާ ވިދާޅުވިއެވެ.

ޤުރުއާން ތަރުޖަމާއިން ވައްކަން ކޮށްފައި ތިބޭ މީހުން މުޖުތަމައުގައި ބައިތިއްބަން ހެޔޮނުވާނެ. ކޮންމެ ފަދަ ކަމެއްވެސް މިފަދަ މީހަކު ކޮށްފާނެ. ދެ އަހަރުވީ ރިކަވަރީ ކޮމިޝަނުނުން ރިކަވާ ކުރީ ތިމާމެންގެ މުސާރަ

– އިބްރާހިމް ޝުޖާ

އެސެޓް ރިކަވަރީ ކޮމިޝަން އުފެއްދުވުމުގެ މަޤުޞަދަކީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކޮމިޝަން އުފައްދަވައި ނެރުއްވި ޤަރާރުގައި ވިދާޅުވެފައިވެއެވެ.

އަދި، އެ ފަދަ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ޤާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީކަމަށްވެސް، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އުފެއްދެވި ޤަރާރުގައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.