ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ވިޔަރެއާލް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމެއްޖެއެވެ.
އެތުލެޓިކޯ ދަނޑުގައި ކުޅުނު މިމެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މިއީ ވިދިވިދިގެން ލަނޑެއްނުޖެހި އެތުލިޓިކޯއިން ނިންމާލި ދެވަނަ މެޗެވެ. އެޓީމުން ވަނީ މިދަޔަ ހަފްތާގައި ރަށުން ބޭރުގައި ހުވެސްކާ އަތުން ވެސް އެއްވަރުވެފައެވެ.
ރޭގެ މެޗުަގައި ވިލަރެއާލްއިންވަނީ އެތުލެޓިކޯއަށް ވަރަށް ނުރައްކާކޮށްފައެވެ. އެގޮތުން ވިޔަރެއާލްގެ މާރިއޯގެ ހަމަލާ ފާހަގަކޮށްލެވެއެވެ. އޭރިއާ ބޭރުން މެއިން ބޯޅަ ކޮންޓްރޯލްކޮށްލުމަށްފަހު މާރިއޯ ފޮނުވާލި ބޯޅަ ދިފާޢުކުރީ އެތުލެޓިކޯގެ ކީޕަރު އޮބްލަކްއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އެތުލެޓިކޯގެ ކޯޗު ސިމިއޯނީ ބުނީ، މިއީ ބޭނުންވި ނަތީޖާ ނޫންކަމަށެވެ.
ރޭގައި ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ރެއާލް ސޮސެއިޑާޑް ވަނީ ގަޓާފޭގެ މައްޗަށް ކުރި ހޯދާފައެވެ. ރެއާލް ބެޓިސް ވަނީ ވެލެންސިޔާ 2-0 ލަނޑު ބަލިކޮށް ތާވަލުގެ އެއްވަނައި ޖެހިލާފައެވެ. ލީގު އެއްވަނައިގަ 9 ޕޮއިންޓާއެކު ބެޓިސް އޮތް އިރު ދެވަނަގަ އޮތީ ރެއާލް ސޮސެއިޑާޑް އަދި ތިންވަނައިގަ އޮތީ ވިޔަރެއާލްއެވެ
ކޮމެންޓު ފޮނުވާ