ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރުކު އައްޔަންކުކުރެވި 100 ދުވަސް ފާއިތުވެގެން ދިޔަ ދިއުމަކީ، ސަރުކާރުން ވަރަށް ޒިންމާދާރު ކުޑަކޮށް، ގާނޫނާހިލާފަށް ކުރަމުންދާކަމެއްކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ފާޑުވިދާޅުވެއްޖެއެވެ.
ގާނޫނުގެ 47 ވަނަ މާއްދާގަ ބުނަނީ 60 ދުވަސް ތެރޭގައި މީހަކު އައްޔަންކުރަންވާނެކަމަށެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުއސްކޮށް އޮންނަތާ މިހާރު ވަނީ 106 ދުވަސް ފާއިތުވެފައެވެ.
މިކަމާއި ގުޅިގެން ޤާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މިނިވަން މެންބަރު އަޙްމަދު އުޝާމް ވިދާޅުވީ، މިއީ ސަރުކާރުން ވަރަށް ޒިންމާދާރު ކުޑަކޮށް، ގާނޫނާހިލާފަށް ކުރަމުންދާކަމެއްކަމަށެވެ. ޤާނޫނުގައު ބުނާ މުއްދަތުގެ ތެރޭގައި މީހަކު އައްޔަންކުރަންވާނެކަމަށާއި، 100 ދުވަސް ވެގެން ދިޔައިރުވެސް ނަމެއް ފޮނުވިފައިނުވާއިރު، ކުރިއަށް އޮތް 2މަސްތެރޭގަވެސް މީހަކު އައްޔަން ނުކުރެވޭނެކަމަށް އުޝާމް ވިދާޅުވިއެވެ.
މިއީ ސަރުކާރުން ވަރަށް ޒިންމާދާރު ކުޑަކޮށް، ގާނޫނާހިލާފަށް ކުރަމުންދާކަމެއް. ގާނޫނުގެ 47 ވަނަ މާއްދާގަ ބުނަނީ 60 ދުވަސް ތެރޭގައި މީހަކު އައްޔަންކުރަންވާނެކަމަށް. 100 ދުވަސް ވެގެން ދިޔައިރުވެސް ނަމެއް ނުފޮނުވޭ. މިވީގޮތުން ކުރިއަށް އޮތް 2މަސްތެރޭގަވެސް މީހަކު އައްޔަން ނުކުރެވޭނެ.
– އަޙްމަދު އުޝާމް
އުޝާމް މިހެން ވިދާޅުވެފައިވާއިރު، ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހު އެ އޮފީހުން އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލި ނަމަވެސް އެ މަގާމަށް އެކަށީގެންވާ އަދަދަކަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަލުން އެ ފުރުސަތު ހުޅުވައިލީކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ މީހުން މި މަހުގެ 12-13 ވަނަ ދުވަހުގެ ހެނދުނު 10:30 އިން މެންދުރު 12:30 އަށް ހުށަހެޅޭނެކަމަށް ރައީސް އޮފީހުން ބުންޏެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒު މޫސާ، މި އަހަރުގެ މާޗު 21 ގައި އިސްތިއުފާ ދެއްވުމުންނެވެ.
ކޮމެންޓު ފޮނުވާ