އެޕޮއިންޓްމަންޓް އުސޫލުން ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖަހަން ފަށަނީ

އެޕޮއިންޓްމަންޓް އުސޫލުން ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖަހަން ފަށަނީ

Author
ޢަލީ އާދަމް
04 ޖުލައި 2021 05:30
0

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ދެ ވަނަ ޑޯޒް ނުޖެހިތިބި މީހުންނަށް އެޕޮއިންޓްމަންޓް އުސޫލުން ދެވަނަ ޑޯޒް ޖަހައިދޭން ފަށަން އެޗްޕީއޭއިން ނިންމައިފި އެވެ.

އެޗްޕީއޭއިން ރޭ ކުރި އިއުލާނެއްގައި ބުނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަޑޯޒް ނުޖެހިތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހުން މިއަދުންފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ވެކްސިން ޖެހުމަށް އެޕޮއިންޓް ދެމުންގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަންދީގެން ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިގޮތުން ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް މިއަދުންފެށިގެން އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭއިން ގުޅަމުންދާނެކަމަށް އެ އޭޖެންސީން ބުނެއެވެ.

އެ ޕޮއިންޓްމަންޓް ލިބޭ ހުުރިހާ މީހުންވެސް ކަނޑައަޅާފައިވާ ސެންޓަރުތަކަށް ގަޑިއަށް ދިއުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ވެކްސިން ޖަހަން ދާއިރު، ކޮންމެ މީހެއްވެސް ކާކުކަން އަންގައިދޭ ރަސްމީ ލިއުމަކާއި ވެކްސިން ކާޑް ގެންދިއުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފަ އެވެ. މީގެ އިތުރުން ފަސޭހައިން ކޮނޑު ދެއްކޭފަދަ ހެދުމެއް ލުމަށާއި، ރަނގަޅަށް ކައިގެން، އަމިއްލަ ފެންފުޅިއެއް ހިފައިގެން ދިއުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ކޮންމެހެން އެހެންމީހެއްގެ އެހީތެރިކަމެއް ބޭނުން ނުވާ މީހުން އިތުރުމީހަކު ނުލައި އެކަނި ދިއުމަށްވެސް އެޗްޕީއޭން އެދެއެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން އެޗްޕީއޭއިން ވަގުތީގޮތުން ހުއްޓާލީ ރާއްޖެއިން އެ ބާވަތުގެ ވެކްސިން ހުސްވުމުންނެވެ. ނަމަވެސް އެޕޮއިންޓްމަންޓް އުސޫލުން ކޮވިޝީލްޑް ވެކްސިން ޖަހަން ފަށަން އެޗްޕީއޭއިން ތައްޔާރުވެފައި ވާއިރު މިއީ ކޮން އިރަކު ރާއްޖެއަށް ލިބުނު ކިހާ އަދަދެއްގެ ވެކްސިނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ވެކްސިން ހުސްވުމުގެ ސަބަބުން ދެ ވަނަ ޑޯޒް ނުޖެހިފައި ތިބި ލައްކައަކަށްވުރެ ގިނަ މީހުން ރާއްޖޭގައި އެބަތިއްބެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.