މިސަރުކާރުން ފިޔަވަޅު އަޅަނީ ދީނީ ޢިލްމުވެރިންނަށް، މިއީ އަނދިރި އެޖެންޑާގެ އަޞްލު ސިފަ: ޖަމީލް

މިސަރުކާރުން ފިޔަވަޅު އަޅަނީ ދީނީ ޢިލްމުވެރިންނަށް، މިއީ އަނދިރި އެޖެންޑާގެ އަޞްލު ސިފަ: ޖަމީލް

Author
މުޙައްމަދު ޝަޒައިމް
03 ޖުލައި 2021 12:55
0

މިސަރުކާރުގެ ވެރިންނާއި، ސަރުކާރުން ބޭނުންވާ ގޮތާއި ޙިލާފަށް ދީނީ ގޮތުން ބަސް ވިދާޅުވާ ދީނީ އިލްމުވެރިންނާއިމެދު ލަހެއް ފަހެއްނެތި ފިޔަވަޅު އަޅަމުންދާތީ މިއަދު ފެންނަމުންދާ މަންޒަރުކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް، އެ ޔުނިވާސިޓީން ވަކިކުރިކުމާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ އިޔާޒު ފަދަ ދީނީ އިލްމުވެރިޔަކު ފާޅު ކުރެއްވި ޚިޔާލާއި ގުޅިގެން ވަޒީފާއިން ވަކިކުރި ކުރުމުން މިސަރުކާރުގެ މުނާފިޤުކަން ހާމަވާކަމަށެވެ. މިކަމަކީ ދުރާލައި ރޭވިގެން ރާއްޖޭގައި ދީނީ އިލްމުވެރިންނާއި ދެކޮޅަށް އެމްޑީޕީން ކުރަމުންދާ މަސައްކަތުގެ ބޮޅެއްކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ފިޔަވަޅު އަޅަންވީމާ ލަހެއްފަހެއްނެތި ކުރެވޭކަން ޑރ.އިޔާޒު ވަކިކުރުމުން އެނގޭ. ސަރުކާރުގެ މުނާފިޤް ސިޔާސަތު އެބަފެނޭ. ހަރުކަށިވަނީ ހަމައެކަނި ޢިލްމުވެރިންކަމުގައި ނިންމައިފި. އެކަމަކު ކޮންމެ ދުވަހަކު އެމްޑީއެން މީހުންނަށް އަދި އެ ފިކުރަށް އިތުރު ފުރުޞަތު ދެނީ.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ އެމްއެންޔޫގެ ޗާންސެލަރ ހަސަން ހަމީދު އަދި އިސްލާމިކް ޔުނިވަރސިޓީ އަކީ ސަރުކާރުގެ ގޮނޑިކޮއްކޮ ބައެއްކަމަށެވެ. ދެތަނުގައިވެސް ޢިލްމީ ގޮތުން އިޞްލާމީ މައްސަލަތަކުގައި ބަހުސްކުރަން ޖާގަނުދޭން އެމް ޑީ.ޕީން ވަނީ ގަދައަށް ހިފާފައިކަމަށާއި، މިހާރު މިފެންނަނީ އެމްޑީޕީގެ އަނދިރި އެޖެންޑާގެ އަޞްލު ސިފަކަމުގައި ޑރ.ޖަމީލް ވިދާޅުވިއެވެ.

ޔުނިވަރސިޓީން ޑރ. ޢިޔާޟް ވަކިކުރަން ނިންމި ނިންމުމަކީ އިންސާފުވެރި ފިޔަވަޅެއް ނޫންކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲވެސް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ޑރ. ޢިޔާޟްއަކީ ރާއްޖޭގެ އިސްލާމީ ޝަހުޝިއްޔަތު ހަރުދަނާ ކުރުމަށް ދީނީ އިލްމްވެރިއއްގެ ހައިސިއްޔަތު ނުހަނު ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. ޑރ. ޢިޔާޟްގެ ފިގްހީ ރައިޔާއި އެއްބަސް ނުވެވުނު ނަމަވެސް ޔުނިވަރސިޓިން އެޅި ފިޔަވަޅަކީ އިންސާފުވެރި ފިޔަވަޅެއްކަމަށް ނުދެކޭކަމަށްވެސް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.

ދީނީ ހިލާފުތަކާއި މެދު އިލްމީ މުއައްސަސާތަކުގައި މިނިވަންކަމާއި އިލްމީ ގޮތުން ރީތި އަހްލާގީ ބަހުސްކޮށް ހައްލު ހޯދެންވާނެކަމަށާއި ރާއްޖޭގެ އެންމެ ބޮޑު ޔުނިވަރސިޓީން އެދޮރު ބަންދުކޮށް ހަރުކަށިކަން ިއސްކުރުމަކީ ބަލައިގަނަވޭނެކަމަށް ނޫންކަމަށްވެސް ޝައިހް އިމްރާން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.