ބަމްފޯޑްގެ ތިން ލަނޑާއެކު ލީޑްސް ތިންވަނައަށް

ބަމްފޯޑްގެ ތިން ލަނޑާއެކު ލީޑްސް ތިންވަނައަށް

ގުޅުންހުރި

އިނގިރޭސި ލީގުގައި ޕެޓްރިކް ބެމްފޯޑްގެ ހެޓްރިކާއެކު ލީޑްސް ޔުނައިޓެޑު ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

ރޭގެ މެޗު ލީޑްސް ޔުނައިޓެޑު ކާމިޔާބުކުރީ 3-0 ލަނޑުންނެވެ. ރޭގެ މެޗުގައި މޮޅަށް ކުޅެ، ގިނަ ހަމަލާތައް އުފެއްދީވެސް ލީޑްސްއެވެ. ފުރަތަމަ ހާފްގައިވެސް ޖެކް ހެރިސަންގެ ހުރަހަކުން ބަމްފޯޑް ވަނީ ވިލާއަށް ނުރައްކާ ކޮށްފައެވެ. ފުރަތަމަ ހާފްގައި ލީޑްސްއަށް ރެކޯޑު އަގަކަށް ސޮއިކުރި ސްޕެއިންގެ ފޯވަޑް ރޮޑްރީއަށް ލިބުނު ފުރުސަތުވެސް ފާހަގަކުރެވުނެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު 55 ވަނަ މިނެޓުގައި ބަމްފޯޑް ވަނީ ލީޑްސްއަށް ކާމިޔާބުކޮއްދިން އިރު މަޓޭސްޒް ކްލިޗް ދިން ބޯޅައަކުން 67 މިނެޓުގައި ބެންފޯޑް ދެވަނަ ލަނޑުޖެހިއެވެ.  ތިންވަނަ ލަނޑަކީ ޕޯޗުގަލްގެ ހެލްޑާ ކޯސްޓާ ތަނަވަސްކޮށްދިން ފުރުސަތުކުން ބަމްފޯޑް ޖެހި ލަނޑެކެވެ.

މިއީ މި ސީޒަނުގައި ލީގުގައި ވިލާ ބަލިވި ފުރަތަމަ ފަހަރެވެ. ރޭގެ މެޗުން ބަލިވި ނަމަވެސް ވިލާ އޮތީ 12 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ލީޑްސް ވަނީ 10 ޕޮއިންޓާއެކު ތިންވަނައަށް ކުރިޔަށް ޖެހިލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *