އެމެރިކާއަކީ ރާއްޖޭގެ އިތުބާރު ހުރި ރަހުމަތްތެރިއެއްކަން ސާބިތުކޮށްދީފި: ޝާހިދު

އެމެރިކާއަކީ ރާއްޖޭގެ އިތުބާރު ހުރި ރަހުމަތްތެރިއެއްކަން ސާބިތުކޮށްދީފި: ޝާހިދު

Author
މުޙައްމަދު ޝަޒައިމް
26 ޖޫން 2021 06:18
0

ދިވެހިރާއްޖެއަށް ބޭނުން ޖެހިއްޖެ ކޮންމެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދޭ، އިތުބާރު ހުރި ރަހުމަތްތެރިއެއްކަން ސާބިތުކޮށްދީފައިވާކަމަށްވެސް މިނިސްޓަރ ޝާހިދުވެއްއްޖެއެވެ.

ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ)ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރ އާއި އިއްޔެ ހަވީރު  ވަރޗުއަލްކޮށް ބައްދަލުކުރައްވައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާޙިދު ވިދާޅުވީ އެމެރިކާއަކީ ދިވެހިރާއްޖެއަށް ބޭނުން ޖެހިއްޖެ ކޮންމެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދޭ، އިތުބާރު ހުރި ރަހުމަތްތެރިއެއްކަން ސާބިތުކޮށްދީފައިވަކަމަށެވެ.

މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ކޯވިޑް-19 އާއި ބެހޭ ގޮތުންނާއި، ތިމާވެށި ހިމާޔަތްކުރުމާ، ދިވެހިރާއްޖޭގައި ޑިމޮކްރަސީ އިތުރަށް ހަރުދަނާކުރުމާ އަދި މާލީ ހިންގުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މިނިސްޓަރ ޝާހިދު ވަނީ މެދުކެނޑުމެއް ނެތި އެމެރިކާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، އެމެރިކާއިން ކޯވިޑް-19 ވެކްސިން އެންމެ ފުރަތަމަ ފޯރުކޮށްދޭނެ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖޭ ހިމެނޭކަން ފާހަގަކުރައްވާ އެކަމަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

ކޯވިޑް-19 އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް ޔޫ.އެސް.އޭ.އައި.ޑީ މެދުވެރިކޮށް އެމެރިކާއިން ވެންޓިލޭޓަރ އަދި ޕީޕީއީ ހަދިޔާކޮށްފައިވެއެވެ. ސަމަންތާ ޕަވަރ އަކީ ޔޫ.އެސް.އޭ.އައި.ޑީ ގެ 19 ވަނަ އެޑްމިނިސްޓްރޭޓަރއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.