އޭއޭއޭ މީހުން ނައްޓާލުމުގެ ކުރިން، ބަދަލު ހޯދަން ކޯޓަށް ވެއްދުން މުހިންމު: ރޮޒޭނާ

އޭއޭއޭ މީހުން ނައްޓާލުމުގެ ކުރިން، ބަދަލު ހޯދަން ކޯޓަށް ވެއްދުން މުހިންމު: ރޮޒޭނާ

Author
މުޙައްމަދު ޝަޒައިމް
25 ޖޫން 2021 10:20
0

އައްޑޫ ފްލައިން ސްކޫލު ހިންގަމުންދިޔަ ސްރީލަންކާގެ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ރާއްޖެއިން ދިއުމުގެ ކުރިން އެމީހުން ގޮވައިގެން ކޯޓަށް ދާންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލް އިމާރާތް ހުސްކުރަން ގަން އެއާޕޯޓު ކުންފުނިން، އެ ސްކޫލް ހިންގާ ސްރީލަންކާގެ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އަށް މިހާރުވަނީ އަންގާފައެވެ. އޭއޭއޭ އިން ފްލައިން ސްކޫލު ހިންގިއިރު، ގިނަ ދަރިވަރުންގެ ހައްގުތަކަށް އަރައިގަނެ، ދަރިވަރުންނަށް ވަރަށް އިހާނަތިކޮށް ކަންކަން ކޮށްފައިވެއެވެ. އެއިރޯނޯޓިކްސްގެ ދަށުން އައްޑޫ ސިޓީގައި ހިންގާ ފްލައިން ސުކޫލު، ރާއްޖޭގެ އެވިޑް ކޮލެޖުން ގަނެ އެތަން ހިންގުމާއި މިހާރު ވަނީ ހަވާލުވެފައެވެ.

އެވިޑް ކޮލެޖުން ތަނާއި ހަވާލުވިނަމަވެސް އޭއޭއޭ އިން ދަރިވަރުންނަށް ދީފައިވާ ގެއްލުމުގެ ބަދަލު ހޯދުމަކީ ކުރަންޖެހޭ ކަމެއްކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އަދި އެމީހުން ރާއްޖެއިން ފުރުމުގެ ކުރިން މައްސަލަ ކޯޓަށް ވެއްދުމަކީ މުހިންމު ކަމެއްކަމަށާއި، މިކަމުގައި ގެއްލުންވި ދަރިވަރުންނަށް ބަދަލުލިބި އިންސާފު ލިބިގެންދާނެކަމަށް އުންމީދު ކުރާކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

މި އޭއޭއޭ މީހުން މިތަނުން ނައްޓާލުމުގެ ކުރިން ކުދިންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އަވަހަށް ކޯޓަށް ވެއްދުން ވަރަށް މުހިންމު. އުންމީދު ކުރަން މި ކޭސް ސްޓޫޑެންޓްސް އަށް ވިން ވާނެކަމަށް، އަދި މިކަން މިހާރު ކުރިއަށްދާކަމަށް.

– ރޮޒޭނާ ވިދާޅުވިއެވެ.

ފްލައިން ސްކޫލްގައި ކިޔަވަމުން ދާ ކުދިން، އެކުދިންގެ ކިޔެވުން ނުނިމި ދިގުލައިގެން ދާ މައްސަލާގައި މީގެކުރިން 86 ދަރިވަރަކު ވަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް މި ޕެޓިޝަން ހުށަހެޅުމާއި ގުޅިގެން މީގެތެރެއިން ބައެއް ދަރިވަރުން، އެކި ސަބަބުތައް މެދުވެރިކުރުވާ މި ފްލައިން ސްކޫލުން ވަނީ ވަކި ކޮށްފައެވެ.

މިމަހުގެ 11 ވަނަ ދުވަހު ރައިސް ސޯލިހުވަނީ އެކުދިންނަށް ކިޔެވުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކާ ބޭންކު އޮފް މޯލްޑިވްސިން ލޯނު ހަމަޖައްސަވާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެސްކޫލުގެ މައްސަލަތަކާ ގުޅޭގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކޮށްފައިވާ އޯޑިގައި ފާހަގަ ކޮށްފައި ހުރި މައްސަލަތައް ހައްލު ކޮށްދޭނެކަމަށްވެސް ސަރުކާރުންވަނީ މީގެކުރިން ބުނެފައެވެ.

އަދި ފްލައިން ސްކޫލުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިއުމުގައި އޮތީ ކޮންބައެއްގެ އިހުމާލެއްތޯ ބެލުމަށް މިނިވަން އޮޑިޓެއް ހެދުމަށްވެސް ނިންމާފައިވާ ކަމަށްވެސް ކުރިން ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މި އޯޑިޓްގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އައްޑު ފްލައިން ސްކޫލުގެ މައްސަލަ ހައްލު ނުވެ އެތަނުގެ ވެރިންގެ ލައިސަންސްވެސް ބާޠިލްކޮށްފައިވެއެވެ. އަދި އިތުރު ފްލައިން ސްކޫލެއް ހިންގުމަށް ހުޅުވާލާފައިވެއެވެ. އެގޮތުން ރާއްޖޭގައި ފްލައިން ސްކޫލް ހިންގުމަށް 13 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ، ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މިހާރުވެސް ފްލައިން ސްކޫލުތައް ހިންގައި ފަރާތްތަކަކުންކަމަށެވެ. އޭގެ ތެރޭގައި އެމެރިކާއާއި، މެދު އިރުމައްޗާ، ޔޫރަޕްގެ ޤައުމުތަކުގެ އިތުރުން ރާއްޖޭގެ ކުންފުންޏެއްވެސް ހިމެނެއެވެ. އަދި އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ އެ 13 ކުންފުނި އިވެލުއޭޓް ކުރަމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުދުހުދު
ރޮޒައިނާ.........އޭއޭއޭ ހިންގިއިރު ދަރިވަރުންނަށް އެތައް އުނދަގުލަކާއި ގެއްލުމެއްދީ ޤަވާޢިދު ތަކާ ޚިލާފުވެ އެގުރީމެންޓު ބާޠލު ވީމާ އަދިވެސް އެމީހުންނަށް ބަދަލު ދޭންވީއޭތޯ؟ އާނ އޭރުން ބަދަލު ލިބި ބައި އެޅޭނެ. މިއަދު ހަރާން ފައިސާ ކެވިދާނެ. ދަރިންނަށް ކާންދެވިދާނެ.
އ އުދުހޭކޮކާ
ފުރަތަމަ ދުވަހުވެސް މަބުނިން ތިއުޅެނީ އޭއޭ މީހުނަށް އަނެއްކާވެސް ލާރިގަނޑެއް ދޭން ވެގެންނޭ. ކޮބާ އޭގެ ކޮޅުމަތި ފެންނަނީ...ބައި އެޅޭ ގޮތަށް އަވަހަށް ލާރިގަނޑެއްދީ.