އަންހެނުން ހިތާނަކުރުމަށް ހިތްވަރުލިބޭގޮތަށް ޑރ،އިޔާޒް ޓްވީޓްކުރިކަމަށް ބުނާ މައްސަލައެއް މަޖިލީހަށް ހުށައަޅައިފި

އަންހެނުން ހިތާނަކުރުމަށް ހިތްވަރުލިބޭގޮތަށް ޑރ،އިޔާޒް ޓްވީޓްކުރިކަމަށް ބުނާ މައްސަލައެއް މަޖިލީހަށް ހުށައަޅައިފި

Author
މުޙައްމަދު ޖިމީ
23 ޖޫން 2021 03:03
0

އަންހެނުން ހިތާނަކުރުމަށް ހތްވަރުލިބޭގޮތަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ކުރެއްވި ޓްވީޓެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހުށައަޅާފިއެވެ.

މި މައްސަލަ ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާޢީލް އަޙްމަދު ނަސީމްއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އެޑްރެސްކުރައްވާ މީކާއީލް ހުށައޅުއްވި މައްސަލާގައިވަނީ ޤައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރ ޑރ.މުޙައްމަދު އިޔާޒް ކުރެއްވި ޓްވީޓެއްގައި އަންހެނުން ހިތާނަކުރުމަށް ނުވަތަ "ފީމޭލް ޖެނިޓަސް މިއުޓިލޭޝަން (އެފްޖީއެމް)"އަށްހިތްވަރު ދީފައިވާކަމަށާއި، އެފަދަ ނުރައްކާތެރި ޢަމަލުތަކަށް ހިތްވަރު ލިބޭގޮތަށް މުއައްސަސާތަކުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތްކުރެއްވުމަކީ ރާއްޖޭގައި އަންހެނުން ނުރައްކަލަށް ހުށައެޅި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސްއެޅޭކަމެއްކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ މެދުވެރިކޮށް އެ މައްސަލަ ބަލައިދިނުމަށް އެދޭކަމަށް މީކާޢީލް ވަނީ ވިދާޅުވެފައެވެ.

ޑރ.އިޔާޒްގެ މައްސަލަ މަޖިލީހަށް ހުށައެޅުމާއެކު، ޑރ.އިޔާޒްކުރެއްވި ޓްވީޓެއްގައި ވަނީ، ޢިމްލމީ ދިރާސާއެއްގެ މައްޗަށް ބިނާކޮށް އެމީހެއްގެ ޚިޔާލުފާޅުކުރުމުން އެމީހަކު ވަޒީފާއިން ވަކިކުރާށާއި، ފިޔަވަޅުއެޅުމަށް ގވުމަކީ ނާތަހުޒީބު ކަމެއްކަމަށެވެ.

ނިކަން އެޔާއި ދެކޮޅު ޕްރޫފްތައް ގެނެސްބައްލަވާ. ސިކުނޑި ދެއްވި ފަރާތުން ކަނޑައަޅުއްވާފައިވާ ކަންތަކަށް ފާޑުކިޔަން ނޫޅުއްވާ.

– ޑރ.މުޙައްމަދު އިޔާޟް

ޑރ.އިޔާޟް ކުރެއްވި ޓްވީޓެއްގެ މައްސަލަ މަޖިލީހަށް ހުށައަލާފައިވާއިރު، މީގެ ކުރިނވެސް ޑރ.އިޔާޟް ސޯޝަލް މީޑިޔާގައި ދައްކަވަމުން ވާހަތަކާއި، ފާޅު ކުރަމުންދާ ޚިޔާލުތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަދާކުރަމުންދާ ވަޒީފާއިން ސަސްޕެންޑްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.