ބައިޑްންގެ ކުއްތާ މަރުވެފައިވަނީ އުމުރުން 13 އަހަރުގައި

ބައިޑްންގެ އެންމެ އަރިސް ކުއްތާ މަރުވެއްޖެ

ބައިޑްންގެ އެންމެ އަރިސް ކުއްތާ މަރުވެއްޖެ

ގުޅުންހުރި

ބައިޑްގެ އެންމެ އަރިސް، ޖާމަން ޝެފާރޑްގެ ނަސްލަށް ނިސްބަތްވާ ދެ ކުއްތާގެ ތެރެއިން "ޗޭމްޕް ބައިޑްން" މަރުވެއްޖެކަން، ޖޯބައިޑްއާއި އަނބިކަބަލުން ޖިލް ބައިޑްން ހޮނިހިރު ދުވަހު އިއުލާން ކުރައްވައިފިއެވެ.

ކުއްތާ މަރުވިއިރު އޭނާގެ އުމުރަކީ 13 އަހަރެވެ.

"އަހަރެމެން މިތިބީ ވަރަށް ބޮޑު ހިތާމައެއްގައި،" ބައިޑްންއާއި އަނބިކަބަލުން ޖިލް ބައިޑްން ނެރުއްވި ސްޓޭޓްމަންޓެއްގައި، ކުއްތާ މަރުވީ ދެބޭފުޅުންގެ އަމިއްލަފުޅު ގޭގައިކަން ބަޔާންކުރަމުން ލިޔެފައި ވެއެވެ.

ބައިޑްންއާއި ޖިލް ބައިޑްން މިވަގުތު ތިއްބެވީ ޑެލްވާރުގައި ހުންނަ ދެބޭފުޅުންގެ އަމިއްލުފުޅު ގޭގައެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ރައީސްކަމުގައި، ބައިޑްން އެމެރިކާގެ ނާއިބު ރައީސަކަށް ހުންނެވިއިރު، ޗެމްޕް އަކީ ޅަ ކުއްތާއެކެވެ. ކުއްތާ މަރުވުމުގެ ޚަބަރު އާންމު ކުރައްވަމުން ނެރުއްވި ސްޓޭޓްމަންޓުގައި، ގޮލްފް ކުޅޭ ބޯޅަ ފަހާދުވަމަށް މި ކުއްތާގެ ފަރާތުން ހުންނަ ޝައުގުވެރުކަން ބައިޑްންގެ ދެމަފިރި ކަނބަލުން ފާހަގަ ކުރައްވާފައި ވެއެވެ. އަދި ބައިޑްގެ ކާފަދަރިންނާއެކު މިކުއްތާ ހޭދަކުރާ ވަގުތުތައް ފާހަގަ ކޮށްފައިވެއެވެ.

ބައިޑްން ވަނީ އިތުރު ކުއްތާއެއް، އުމުރުން 3 އަހަރުގައި، 2018 ވަނަ އަހަރުންފެށިގެން ގެންގުޅެން ފަށާފައެވެ. މި ކުއްތާއަށް ދީފައިވާ ނަމަކީ މޭޖަރއެވެ. އަދި، މަރުވި ކުއްތާ، ޗެމްޕްއާއި ޚިލާފަށް، ވައިޓްހައުސްއަށް ހޭނުމަށް މޭޖަރ ވަރަށް ބޮޑަށް ދަތިވި ކަމަށްވެއެވެ.

ބައިޑްންގެ އާއިލާގެ ގެންގުޅޭ ދެކުއްތާ

އަދި މި ކުއްތާ ވައިޓްހައުސް ހޭނުމުގައި ދިމާވި މައިގަޑު ދައްޗަކީ މީހުން ވަކިކުރުމުގެ މައްސަލައެވެ. ބައެއް ފަހަރަށް، މި ކުއްތާހަމަަޔަކަށް އެޅުވުމަށް ބައިޑްން ހަރަކާތްތެރިވާން ޖެހެއެވެ. އެެންނަމަވެސް މި މައްސަލަ ހައްލުކުރުމަށް ކުއްތާއަށް ފަހުންވަނީ އިތުރު ތަމްރީން ދީފައެވެ.

ބައިޑްންގެ ދެ ކުއްތާ ކަމުގައިވާ މޭޖަރއާއި ޗެމްޕް އާންމުކޮށް ފޮޓޯ ނަގާއުޅެނީ އެކީގައެވެ.

ޗޭމްޕް މަރުވުމާއި ގުޅިގެން ބައިޑްގެ ދެމަފިރި ކަނބަލުން ނެރުއްވި ބަޔާނުގައި، ކުއްތާގެ ފަރާތުން އެއާއިލާއަށް އަދާކުރި ކިޔަމަންތެރިކަން ވަރަށް ބޮޑަށް ފާހަގަ ކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. މަރުވީބިޑެންގެ ކުއްތާދޯޯ ، ބިޑެން ކުއްތާ އެއ ނޫން. ޓޫބޭޑް.

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ