ޢަލީ ޙުސައިން، ޢަމީރަށް: މިއީ ޤައުމުގެ ހަރުމުދާ ނުއަގުގައި ވިއްކަންވީ ވަގުތެއް ނޫން!

ޢަލީ ޙުސައިން، ޢަމީރަށް: މިއީ ޤައުމުގެ ހަރުމުދާ ނުއަގުގައި ވިއްކަންވީ ވަގުތެއް ނޫން!

Author
މުޙައްމަދު ޖިމީ
15 ޖޫން 2021 08:29
0

މިއީ ގައުމުގެ ހަރުމުދަލާއި ދައުލަތުގެ ކުންފުނިތައް ނުއަގުގައި ވިއްކަންވީ ވަގުތެއް ނޫންކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާލުވެއްޖެއެވެ.

ޢަލީ ޙުސައިން މިހެން ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ ޕްރޮގްރާމް މިއަހަރު ނިމުމުގެ ކުރިން ފެށުމަށް އަމާޒުހިފާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމާއި ގުޅިގެންނެވެ. ސަރުކާރުން އާމްދަނީ ހޯދަން މި އަހަރަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ސަރުކާރު ކުންފުނިތައް ޕްރައިވަޓައިޒް ކުރުން ހިމެނޭއިރު ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން 460 މިލިއަނެއްހާ ރުފިޔާ މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން  ރާއްޖޭގެ އެއަރޕޯޓް ބޭރުގެ ކުންފުނިތަކުން 100 ހިއްސާވާގޮތަށް ހިންގޭގޮތަށް ސަރުކާރުން ގެނައި އިޞްލާހަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވަނީ ރާއްޖޭގެ އެއްވެސް އެއަރޕޯޓެއް ބޭރުގެ ބަޔަކަށް މިސަރުކާރުން ނުދޭނެކަމަށް ވިދާޅުވެފައިވާތީ އެކަމަށްވެސް ޢަލީ ޙުސައިން ރައްދު ދެއްވާފައިވެއެވެ.

އެކަމަށް އިޝާރާތްކުރައްވާ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، ރާއްޖެއަށް އިންޑިޔާ ސަރުކާރުން ގެނެސްގެން އުޅޭ ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން އިންޑިޔާގެ މިލިޓަރީން ދެކޮޅުހެދި ހިސާބުން ދިވެހ ރާއްޖޭގެ މިނިވަންކަމާމެދު ސުވާލު އުފެދިފައިވާކަމަށެވެ. ޢާލީ ޙުސައިން ވިދާޅުވީ،

މިއީ ގައުމުގެ ހަރުމުދަލާއި ދައުލަތުގެ ކުންފުނިތައް ނުއަގުގައި ވިއްކަންވީ ވަގުތެއް ނޫންކަމަށްވެސް ޢަލީ ޙުސައިން ވިދާޅުވިއެވެ.

ރާއްޖޭގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އޮންލައިން ނޫސް އަދަދަށް ދެއްވި އިންޓަރވިއުއެއްގައި ވަނީ ކުންފުނިތައް ޕްރައިވެޓައިޒް ކުރަނީ ސަރުކާރަށް އާމްދަނީ އިތުރުކުރުމުގެ ބޭނުމުގައި ނޫންކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޕްރައިވެޓައިޒް ކުރުމުން އުފެއްދުންތެރިކަން އިތުރުވެ، ކުންފުނިތަކުގެ ހިންގުން ހަރުދަނާ ވެގެންދާ ކަމަށެވެ.

ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ އިތުރުން، އާމްދަނީ އިތުރުކުރަން ސަރުކާރުން ހުށަހެޅިކަން ކޮވިޑް-19ގެ ހާލަތުގައި ލަސްތަކެއް ހުރި ނަމަވެސް، އެ މަސައްކަތްތައް ކުރެވެމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.