ޚާރިޖީ ވަޒީރު އަބުދުﷲ ޝާހިދުގެ މަސްކަތްތަކަށް ފާޑިއުކުމުގެ ޖާގައެއް ނެތްކަމަށާއި، ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސްކަން ކާމިޔާބު ކުރެއްވުމުގައި ތަފާތު ބޮޑުކޮށް ހޯއްދެވި ކާމިޔާބީއަކީ، އެމަނިކްފާނުގެ ޚާރިޖީ ސިޔާސަތުގެ މޮޅުކަމާއި ކާމިޔާބު ކަމާއި ކުޅަދާނަކަން ރަމްޒުކޮށްދޭ ކަމެއް ކަމުގައި، ތިމަރަފުށީގެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅު ވެއްޖެއެވެ.
މުސްތަފާ ވިދާޅުވެފައވަނީި، 193 ގައުމު ހިމެނޭ ޖެނެރަލް އެސެމްބްލީގެ މެމްބަރުންގެ ތެރެއިން 143 ގައުމުގެ ތާއީދު ހޯއްދެވީމަ، ޙާރިޖީ ވަޒީރުގެ ވަޒީރުކަމަށް ފާޑުކިއޭނެ ޖާގައެއް ނެންކަމަށެވެ. އަދި މުސްތަފާ ވަނީ ފޮރިންގ މިނިސްޓަރ ޝާހިދަށް އައްސަރިބަހާ ސާބަސް ދަންނަވާފައެވެ.
Alhugandumen ge foreign minister”Abdullah Shahid”ge Haarijee vazeeru kamah faadu kiyaakah jaaga Eh neiy.193 Gaumuge therein 143 vote hoadhevi hoadhemakee e Manikufaanuge haarijee siyaasathuge molhukamaa kaamiyaabu Kamaa kudhadhaana kan! Manikfaanah ah saribahaa saabas..!
— Mohamed Musthafa (@Thimarafushi) June 9, 2021
ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ 76 ވަނަ ދައުރުގެ ރިޔާސަތު ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބުދުއްﷲ ޝާހިދު ކާމިޔާބު ކުރައްވާފައިވަނީ އަފްގާނިސްތާން ކުރީގެ ފޮރިންގ މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލުއާއި ވާދަކުރައްވާ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ވޯޓުގައި ބައިވެރިވި ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓު ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވިއިރު، އަފްގާނިސްތާން ކުރީގެ ފޮރިންގ މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލުއަށް ލިބިފައިވަނީ، 48 ވޯޓެވެ.
2021 ސެޕްޓެމްބަރު 14 ގައި ފެށޭ ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފަރާތުން ރިޔާސަތު ބަލަހައްޓަން ފޮރިން މިނިސްޓަރ ޝާހިދު ނޮމިނޭޓްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްއެވެ. މިއީ އދގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރެވެ. އަދި ދިވެހިރާއްޖެ ވެގެން މިދިޔައީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އދގެ ރިޔާސަތު ބަލަހައްޓާ 6 ވަނަ ޤައުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފައަކީ، ރައީސް ޔާމީނާ ޚިޔާލުތަފާތު، އޭރުގެ ވެރިކަމާ ފެއަށް ޖެހިވަޑައިގެންނެވި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑއިގެންނެވި މެމްބަރެކެވެ. އަދި ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ގެންނަން ރިޔާސީ ކެމްޕޭނުގަވެސް އިސްދައުރެއް އަދާކުރެވި، ކުރީގެ މެންބަރު މުސްތަފާ އަކީ މިސަރުކާރަށް މިހާރު ވަރަށް ބޮޑަށް ފާޑުޅުވަމުން ގެންދަވާ ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ