ސެޓްޕީސްތަކުގައި އިތުރަށް ސަމާލުވާންޖެހޭ: މޮރީނިޔޯ

ސެޓްޕީސްތަކުގައި އިތުރަށް ސަމާލުވާންޖެހޭ: މޮރީނިޔޯ

Author
އިބްރާހީމް ސާޢިދު
22 އޮކްޓޯބަރ 2020 06:44
0

ޓޮޓްނަމުން ސެޓްޕީސްތަކުގައި އިތުރަށް ސަމާލުވާންޖެހޭ ކަމަށް އެޓީމުގެ ކޯޗު ހޯސޭ މޮރީނިޔޯ ބުނެފިއެވެ.

ޔުރަޕާލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ ލަސަކްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަދައްކަމުން މޮރީނިޔޯ ބުނީ ހާއްސަ ސެޓްޕީސްތަކުގައި އޭނާގެ ޓީމުން އިތުރަށް ސަމާލުވާންޖެހޭ ކަމަށެވެ.

ޓޮޓްނަމްގެ ފަހަތަށް ކުޅޭ ކުޅުންތެރިން ހަދާ ގޯސްތައް ރަނގަޅުކުރަންޖެހޭ ކަމަށް އެޓީމުގެ ކޯޗު ހޯސޭ މޮރީނިޔޯ ބުނިއެވެ. ލީގުގަ އެންމެފަހުން ކުޅުނު ވެސްޓްހަމް މެޗުން ފަހު 8 މިނިޓުގެތެރޭގައި 3 ލަނޑުޖަހައި ވެސްޓްހަމުން އެއްވަރުކުރުމުން މޮރީނިޔޯ ބުނީ ކޮންމެ މެޗަކީ އެއްގޮތަކަށް ކަންތައްތައް ވެގެންދާނެ މެޗެއް ނޫންކަމަށެވެ.

އަހަރެމެންގެ ފަހަތުން ހަދަންނުވާކަހަލަ ބޮޑެތި ގޯސްއެބަ ހެދޭ، ކާމިޔާބު ހޯދޭނޭ އެކަންކަން ވެސް ރަނގަޅުކޮއްގެން.

– މޮރީނިޔޯ

މިހާތަނަށް ޓޮޓްނަމް ކޮޅަށް ލަނޑުވެދަފަ ހުރީ ސެޓްޕީސްތަކުން ކަމަށާއި ޓީމުގެ ފަހަތަށް ކުޅޭކުޅުންތެރިން އެކަންކަމަށް ސަމާލުކަން ދޭންޖެހޭކަމަށް މޮރީނިޔޯ ބުނިއެވެ. މިއީ މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.