މުވައްޒަފެއް އޮފީހަށް ނިކުތުންމަނާކުރުމަށްފަހު އެކަން 24 ގަޑިއިރުގެ ތެރޭގައި ސިވިލް ސާރވިސް ކޮމިޝަނަށް އެންގުމަށް އެކޮމިޝަނުން އެދިއްޖެއެވެ.
ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީ) އިން އޮފީސްތަކުގެ ޕާރމަނަންޓް ސެކްރެޓަރީންނަށާއި، ޒިންމާދާރު އިސްވެރިންނަށާއި، ޒިންމާދާރުވެރިންނަށް އެޑްރެސްކުރައްވާ އާންމުކޯށްފައިވާ ސާރކިއުލާގައިވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރިކަން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށް، އެ ގަވާއިދުގައި ބަޔާންކޮށްފައިވީ ނަމަވެސް، ބައެއް އިދާރާތަކުން އެފަދައިން އަމަލުކުރަމުން ނުދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށެވެ.އެހެންކަމުން ކުރިއަށްއޮތް ތަނުގައި މި ފަދަ ކަމެއް ތަކުރާރުނުވާނެ ފަދަ ގޮތަކަށް، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ހުރިހާ އިދާރާއަކުން ވެސް ޢަމަލުކުރެއްވުމަށް ދައެކޮމިޝަނުން ވަނީ ދަންނަވާފައެވެ.
މުވައްޒަފު އޮފީހަށް ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފި ނަމަ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 261 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޢަމަލުކޮށް، އެ ކަން ވެސް ލަސްނުކޮށް މި ކޮމިޝަނަށް އެންގެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.
-ސިވިލް ސާރވިސް ކޮމިޝަންގެ ސާރކިއުލާގައި ވެއެވެ.
ސީއެސްސީގެ ސާރކިއުލާރގައި މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން އެކޮމިޝަނަށް ފޮނުވުމުގައި އެއިދާރާއަކުން އިހުމާލުވާ މުވައްޒަނާމެދު ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ތެރެއިން އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުތައް އިދާރާތަކުން ގަވާއިދުން އަޅަމުންދާނެކަމަށްވެސް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ