ސަރުކާރު ހިންގާ ޕާޓީގެ މަޖިލިސް މެންބަރުން ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާކުރުމަކީ ރައްޔިތުންނާއި ދެކޮޅުވުނުން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދަޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރުކަމުން ޢަބްދުﷲ އަމީން ދުރުކުރުމަށް މަޖިލީހަށް 24 މެންބަރުން ސޮއިކުރައްވާ ވެއްދި މައްސަލާގައި ރޮޒައިނާ ސޮއިނުކުރެއްވި ސަބަބާއި ގުޅޭގޮތުން މީހަކު ސުވާލުކުރުމުން ރޮޒައިނާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފުރިހަމައަށް އިތުބާރު އެބައޮތްކަމަށާއި، ވޯޓު ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާގޮތަކަށްކަމަށް ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރުކަމަށް ރޮޒައިނާ ވިދާލުވެފައިވެއެވެ.
ރޮޒައިނާގެ މިވާހަކަތަކަށް ރައްދުވާގޮތަށް އެހެންމީހަކު ވަނީ މެންބަރުން މަޖިލީހަށް ހޮވަނީ ރައްޔިތުން ތަމްސީލްކުރުމަށްކަމަށާއި، މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ކަންޑައަޅުއްވާފައި ތިއްބަވާ މެންބަރުން ތިބި ޒަމާން ފާއިތުވެގެން ގޮސްފައިވާކަމަށް ބުނެފައިވެއެވެ. މިކަމަށް ރައްދުދެއްވާ ރޮޒައިނާ ވިދާޅުވީ މަޖިލީހުގައި ތިއްބަވަނީ ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެންބަރުންނާއި އިދިކޮޅު ފިކުރުގެ މެންބަރުންކަމަށެވެ. ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާކުރުމަކީ ރައްޔިތުންނާ ދެކޮޅުވުމެއް ނޫންކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ގެ ނިންމުން ރައްޔިތުންގެ ވިންދާ ދެކޮޅުކަމަށް ވަންޔާ އަޅުގަނޑުމެންގެ ނިންމުން އެހެން ގޮތަކަށް ނިންމާނީ.
-އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވިއެވެ.
Majleehugai thibenee sarukaaru hingaa party ah nisbaiva MPs aa opposition MPs. Sarukaaru hingaa party ge MPs RJ aa kankamuga mashvara kurumakee rayyithunna dhekolhu vumeh noon. RJ ge nimmun rayyithunge vindhaa dhekolhu kamah vanya alhugandumenge nimmun ehen gothakah nimmaany.
— ?? ??????? ???? ? (@Roxeyna) October 22, 2020
ރޮޒައިނާ އާދަމް ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގައާއި އެމްޑީޕީގެ އެތެރޭގެ ނިންމުންތަކުގައިވެސް ފާޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަށް ތައީދުކުރައްވާ އެމަނިކުފާނަށް ފުރިހަމަ އިތުބާރު އޮތްކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ