ލީގު ކާމިޔާބުކުރުމުގެ ފެންވަރު މިލާންގައި އެބަހުރި: އިބްރަހިމޮވިޗް

ލީގު ކާމިޔާބުކުރުމުގެ ފެންވަރު މިލާންގައި އެބަހުރި: އިބްރަހިމޮވިޗް

Author
އިބްރާހީމް ސާޢިދު
22 އޮކްޓޯބަރ 2020 10:15
0

އިޓަލީގެ އެސީމިލާނަށް ލީގު ކާމިޔާބުކުރެވި ދާނެކަމަށް އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ސްވިޑަންގެ ޒަލްޓާން އިބްރަހިމޮވިޗި ބުނެފިއެވެ.

އިބްރަހިމޮވިޗް ބުނީ އޭނާ ޓީމަށް އައުމާއެކު އިތުރަށް ވަރުގަދަވެއްޖެކަމަށާއި ވިސްނުންވެސް ބަދަލުކުރެވިއްޖެކަމަށެވެ. އޭނާ ބުނީ ސީޒަންގައި ފުރަތަމަ ކޮޅުގައި ރަނގަޅު ނަތީޖާ އެއް ހޯދުން މުހިންމުކަމަށާއި ލޮކްޑައުނަށްފަހު މިލާނުން ދައްކަނީ މުޅިން ތަފާތު ކުޅުމެއްކަމަށެވެ. ޓީމުން ވަރަށް އަވަހަށް ކުރިއެރުން ހޯދައިފައި ކަމަށާއި ޓީމުގެ ތިބި ޒުވާން ކުޅުންތެރިންގެ ދައުރު ބޮޑުވެއްޖެކަމަށް އިބްރަހިމޮވިޗް ބުނިއެވެ. ޒުވާން ކުޅުންތެރިން ތަމްރީންތަކުގައި ވަރަށް ބޮޑަށް މަސައްކަތް ކުރާކަމަށާއި އެއީ އެނާ ވަރަށް އުފާވާކަމެއްކަމަށް އިބްރަހިމޮވިޗް ބުނިއެވެ.

ޓީމުން ބޮޑު ކުރިއެރުމެއް ހޯދައިފި، މިކުޅުންތެރިންގެ ވިސްނުންވެސް ބަދަލުކުރެވިއްޖެ، މިއީ ކާމިޔާބަށް ދަހިވެތިފައި އޮތް ޓީމެއް.

– އިބްރަހަމަވިޗް

ވިސްނުން ހުރީ މެޗެކަށް ފަހު މެޗެއް ކަމަށާއި ކޮންމެ މެޗެކަށް ވެސް ނުކުންނާނީ ފައިނަލެއް ކަމަށް ދެކިގެން ކަމަށް އޭސީ މިލާނަށް ދެވަނަފަހަރު ގުޅުނު ކުޅުންތެރިޔާ ބުނިއެވެ. އޭނާގެ ލަނޑުތަކުން ޔޫރަޕުގައި ވާދަކުރަން ޓީމަށް ފުރަސަތު ލިބުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށް އިބްރަހަމޮވިޗް ބުނިއެވެ.

ލީގުގައި އަދި ގިނަމެޗު ތަކެއް ކުރިޔަށް ހުއްޓަސް ވާނެގޮތެއް ނޭގެކަމަށާއި އެކަމަކު ލީގު ކާމިޔާބުކުރުމުގެ ފެންވަރު މިލާންގައި އެބަހުރިކަމަށް ކުރިން ވާދަވެރި ޔުވެންޓަސް އަދި އިންޓަމިލާނަށް ކުޅުނު ކުޅުންތެރިޔާ ބުނިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.