އިންޑިއާއަށް މި ހަފްތާގައި ކުރި ވިއްސާރާގައި، ކޮޅިގަނޑެއްގެ ވައި ގަދަވެ ގަހެއް ވެއްޓުމުގެ ސަބުބުން، އެކްޓަރ ރަންބީރް ކަޕޫރުގެ، އަލަށް ހަދަމުންއަންނަ ގެއަށް ގެއްލުންތަކެއް ވެއްޖެ އެވެ.
މި ކޮޅިގަނޑުގެ އަސަރު މުމްބާއީއަށް ހޯމަ ދުވަހު ކުރި އިރު ގާތްގަނޑަކަށް ގަޑިއަކު 114 ކިލޯމީޓަރުގެ ބާރުމިނުގައި ވަނީ ވައިޖެހިފައެވެ. މިކަމުގެ ސަބަބުން ސިޓީގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އިންސްޓްގްރާމުގައި ހިއްސާކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ރަންބީރްގެ އައު ގޭގެ ސަރަހައްދު ހިމެނޭގޮތަށް ބޮޑެތި ގެއްލުން ތަކެއް ވެފައި ވަނީ ވައި ބާރުމުގެ ސަބަބުން ބޮޑެތި ގަސްތައް ވެރުމުންނެވެ. އަދި ހަމައެހެންމެ ގަސްތަކާއި ގޮފިތައް މަގުމައްޗަށާއި ގެތަކުގެ މައްޗަށް ވެރިފައިވާތަން ވެސް ފެނެއެވެ.
ރަންބީރާއި ލޯބިވެރިޔާ އާލިއާ ބަޓް ދޭތެރެ ދޭތެރެއިން މި ގޭގެ މަސައްކަތް ކުރިއަށް ދާގޮތް ބެލުމަށް އެސަރަހައްދަށް ދެއެވެ.
މީގެ އިތުރުން ފިލްމީތަރި ޖީތެންދްރަ އާއި އޭނާގެ ދަރިފުޅު، ޕްރޮޑިއުސަރ އެކްތާ ކަޕޫރްގެ ގެ ހުންނަ މަގަށްވެސް ގަސްތައް ވެރި މަގު ބަންދުވެފައި ވެއެވެ. އަދި މި ކޮޅިގަނޑުގެ ސަބަބުން ކުރި ވިއްސާރާގައި އަމީތާބް ބައްޗައްގެ ޖަނަކް ނަމަކަށް ކިޔާ އޮފީހުގައި ފެނބޮޑުވެ ބައެއް ގެއްލުންތައް ލިބިފައި ވާކަމަށް އަމީތާބް ވަނީ އޭނާގެ ބްލޮގްގައި ބުނެފައެވެ.
ކޮމެންޓު ފޮނުވާ