ހަރުކަށިފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހެއްކަމަށް ތުހުމަތުކުރެވޭ ދިވެއްސެއް މާލެއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހަރުކަށިފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހެއްކަމަށް ތުހުމަތުކުރެވޭ 49 އަހަރުގެ ދިވެހި ފިރިހެނެއް މާލެއިން މިރޭ ހައްޔަރުކޮށްފައިވާކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް ފުލުހުން ނުދެއްވައެވެ.
ހަރުކަށި ފިކުރުގެ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، ހަރުކަށި ފިކުރުމުގެ އަދި މީހުން މެރުމަށް ފަސްނުޖެހޭނެ 1000އަށް ވުރެ ގިނަ މީހުން ރާއްޖޭގައި އެބަތިބިކަމަށް ފުލުހުން ހާމަކުރައްވާފައިވެއެވެ.
ރާއްޖޭގައި ހަރުކަށި ފިކުރުގެ މައްސަލަ ބޮޑުވެފައިވާއިރު، މިމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންނަކީވެސް ހަރުކަށި ފިކުރާ ގުޅިފައިވާބައެއްކަމަށް ފުލުހުން ބުނެފައިވެއެވެ. ދާދި ފަހުން ފުލުހުން ނާއި ސިފައިން ގުޅިގެން އައްޑޫ ސިޓީގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައިވެސް އައިއެސް ޖަމާއަތައި ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ހަރުކަށި ފިކުރުގެ 49 އަހަރުގެ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، ޓެރަރިޒަމަށް ހިއްވަރު ލިބޭގޮތަށް، ތަންތަނަށާއި، މީހުންނަށް ގެއްލުން ދޭނެކަމަށް ބުނެ ސޯޝަލް މީޑިއާ އަދިވެސް އެހެނިގެން ގޮތްގޮތުންދޭ އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަމުން ގެންދާ މައްސަލަތަކެއްކަމަށް ފުލުހުން މިއަދު ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ