ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ފާތިމަތު މަހީރާ އެ މަގާމުން ވަކިކޮށްފިއެވެ.
މަހީރާ މަގާމުން ވަކިކުރިކަން "ދެން"އަށް ޔަގީންވެފައިވާއިރު، ޓްރައިބިއުނަލްގެ ރަސްމީ ވެބްސައިޓުންވެސް މިހާރު ވަނީ އޭނާގެ ނަން އުނިކޮށްފައެވެ. ނަމަވެސް މަހީރާ މަގާމުން ވަކިކުރި ސީދާ ސަބަބެއް އަދި ސާފުވާގޮތެއް ނުވެއެވެ.
ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި މަހީރާ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ 2024 ވަނަ އަހަރުއެވެ. އޭގެ ފަހުން ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މިއަދު އޭނާ މަގާމުން ވަކިކުރިއިރު، މިއީ ޓްރައިބިއުނަލްގެ އިސް ސަފުގައި މިދިޔަ ދުވަސްކޮޅުގެ ތެރޭގައި އައި ދެވަނަ ބަދަލެވެ.
މަހީރާ މަގާމުން ވަކިކުރި ޚަބަރު ފެންމަތިވެފައި މިވަނީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމަށް އަމްޖަދު މުސްތަފާ އައްޔަނުކުރައްވާފައިވަނިކޮށެވެ. އަމްޖަދު އެ މަގާމަށް އައްޔަނުކުރެއްވީ މިދިޔަ ހަފްތާގައެވެ.
ކޮމެންޓު ފޮނުވާ