ގްރީންގެ ގޯލްކީޕަރަކަށް ޕާކިސްތާން ޤައުމީ ޓީމުގެ ކުރީގެ ކީޕަރު

ގްރީންގެ ގޯލްކީޕަރަކަށް ޕާކިސްތާން ޤައުމީ ޓީމުގެ ކުރީގެ ކީޕަރު

Author
އިބްރާހީމް ސާޢިދު
21 އޮކްޓޯބަރ 2020 08:33
0

މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވާ ކުލަބް ގްރީންސްޓްރީޓްސްގެ ގޯލްކީޕަރަކަށް ޕާކިސްތާން ޤައުމީ ޓީމުގެ ކުރީގެ ކީޕަރު ހަނީފް ސާގިބް ކުލަބް ގްރީންސްޓްރީޓްސް އަށް ބަދަލުވެއްޖެއެވެ.

ސާގިބް ވަނީ މީގެ ކުރިން ބީޖީ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފަ އެވެ. އޭގެ ފަހުން ސާގިބް ފެނުނީ ފޯކައިދޫ ޓީމުންނެވެ.

އާ ސީޒަނަށް ތައްޔާރުވާ ކުލަބް ގްރީންސްޓްރީޓްސް އިން ހަނީފް ސާގިބްގެ ސޮއި ހޯދިއިރު އޭނާ އެންމެ ފަހުން ކުޅުނީ ޓީސީ ސްޕޯޓްސް ކުލަބަށެވެ. ނަމަވެސް އޭއެފްސީ ކަޕުގައި ޓީސީ އެއް މެޗު ކުޅުނު ނަމަވެސް ކޯވިޑް-19 ގެ ސަބަބުން މުބާރާތް ކެންސަލު ކުރުމުން އެ ކުލަބުން އޭނާ ދޫކޮށްލީ މާލީ ހާލަތު ދަށްވުމާ ގުޅިގެންނެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ފެށި ޓީމުތަކަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބް ވެލެންސިއާ އެވެ.

ކްލަބު ގްރީން ސްޓްރީޓްސްއިން ވެސް މިމަހުގެ ތެރޭގައި ފަރިތަކުރުންތައް ފަށަން ނިންމާފައިވާ ކަމަށް އެކުލަބުން ވަނީ ބުނެފައެވެ.

އެފްއޭއެމުން އާ ސީޒަން ފަށާނެ ވަކި ދުވަހެއް އިއުލާނެއް ނުކުރެއެވެ. އެފްއޭއެމުން ބުނީ މިއަހަރު ފަހުކޮޅު ސީޒަން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. ބޮޑަށް ބެލެވޭ ގޮތުން އަންނަ ޑިސެންބަރު މަހުގެ އަށްވަނަ ދުވަހު ސީޒަން ފެށުމަށް އެފްއޭއެމުން ގެންދަނީ ތައްޔާރީތައް ވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.