ކޯވިޑް19 އަށް ޕޮޒިޓިވް ވެގެން މިއަދު އިތުރު ދެމީހަކު ނިޔާ ވެއްޖެއެވެ.
މީގެ 3 ހަފްތާކުރިން ކޯވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވާން ފެށިފަހުން މި ބަލީގައި މަރުވަމުންދާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑުތަނުން އިތުރުވާން ފަށާފައެވެ.
ކޯވިޑް19އަށް ޕޮޒިޓިވް މިއަދު އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވާކަމަށް ރޭގެ ދަންވަރު 4:30 ގައެވެ. އެއީ އުމުރުން 30 އަހަރުގެ ޒުވާން އަންހެނެއް ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. ދެވަނަ މީހާ ނިޔާވެފައިވަނީ ރޭ މެންދަމު 2:38 ގައެވެ. އެއީ އުމުރުން 81 އަހަރުގެ މީހެކެވެ. މި މީހާ ނިޔާވެފައި ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެވެމުން ދަނިކޮށެވެ.
ކޯވިޑް19ގައި މިއަދު 2 މީހަކު ނިޔާވެފައިވާއިރު، ބަލި ވެރިރަށް މާލޭގައި އާދަތާ ޚިލާފަށް ބާރަށް ފެތުރެން ފެށިފަހުން، މި ހަފްތާފެ ހުކުރު ދުވަހު 4 މީހަކުން ނިޔާވެފައިވާއިރު، މެއި މަހުގެ 10ވަނަ ދުވަހުވެ އެއް ދުވަހެއްގައި 3 މީހަކު ވަނީ ނިޔާވެފައެވެ. މިއީ އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވާ ދުވަސްތަކެވެ. މިގޮތުން ކޯވިޑް19 ރާއްޖޭގައި ފެތުރެން ފެށިފަހުން، މިހާތަނަށް 96 މީހުންވަނީ މި ބަލީގައި ނިޔާވެފައެވެ.
ކޯވިޑް19 ބާރު މިނުގައި ފެތުރެމުން ދާއިރު، ރާއްޖެއިން އިތުރު 1،007 މީހުން ކޯވިޑް-19އަށް އިއްޔެ ވަނީ ޕޮޒިޓިވްވެފައެވެ.
އިއްޔެވެސް ޕޮޒިޓިވް ކޭސްތައްމިހާ މައްޗަށް އަރާފައިވަނީ ކުރީ ދުވަސްތަކުގެ ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ ނަތީޖާ މިއަދުގެ ނަތީޖާގައި ހިމެނުމުންކަމަށް އެޗްއީއޯސީން ބުނެފައި ވެއެވެ. މިގޮތުން އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލޭ ސަރަޙައްދުން އެކަނިވެސް 793 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 183 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 26 މީހެކާއި، ލިވަބޯޑުން 5 މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 43،782 އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިއްޔެ 341 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 28،013 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތު ބައްޔަށް 15،666 މީހުން ފަރުވާ ހޯދަމުންދާއިރު 260 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،159 ސާމްޕަލެއް ވަނީ ނަގާފައެވެ. ރާއްޖެއިން މިބަލީގައި ވަނީ 96 މީހުން ނިޔާވެފައެވެ.
ކޮމެންޓު ފޮނުވާ