ކޯވިޑް19އަށް ޕޮޒިޓިވް ވެގެން އިތުރު ދެމީހަކު ނިޔާ ވެއްޖެއެވެ.
މީގެ 3 ހަފްތާކުރިން ކޯވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވާން ފެށިފަހުން މި ބަލީގައި މަރުވަމުންދާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑުތަނުން އިތުރުވާން ފަށާފައެވެ.
ކޯވިޑް19އަށް ޕޮޒިޓިވް މިއަދު އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވާކަމަށް ރޭގެ ދަންވަރު 01:39 ގައެވެ. އެއީ އުމުރުން 87 އަހަރުގެ މީހެއްކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. ދެވަނަ މީހާ ނިޔާވެފައިވަނީ ހެނދުނު 8:45 ގައެވެ. އެއީ އުމުރުން 83 އަހަރުގެ މީހެކެވެ. މި މީހާ ނިޔާވެފައި ވަނީ، ހއ. ދިއްދޫއަށް ގެނެވި ފަރުވާ ދެމުން ދަނިކޮށް ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. މިއީ އުމުރުން 83 އަހަރުގެ އަންހެނެކެވެ.
ކޯވިޑް19ގައި މިއަދު 2 މީހަކު ނިޔާވެފައިވާއިރު، ބަލި ވެރިރަށް މާލޭގައި އާދަތާ ޚިލާފަށް ބާރަށް ފެތުރެން ފެށިފަހުން، އިއްޔެ 4 މީހަކުން ނިޔާވެފައިވާއިރު، މެއި މަހުގެ 10ވަނަ ދުވަހުވެ އެއް ދުވަހެއްގައި 3 މީހަކު ވަނީ ނިޔާވެފައެވެ. މިއީ އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވާ ދުވަސްތަކެވެ. މިގޮތުން ކޯވިޑް19 ރާއްޖޭގައި ފެތުރެން ފެށިފަހުން، މިހާތަނަށް 94 މީހުންވަނީ މި ބަލީގައި ނިޔާވެފައެވެ.
ކޯވިޑް19ގައި މިއަދު އެކަނިވެސް 3 މީހަކު ނިޔާވެފައުވާއިރު، ރާއްޖެއިން އިތުރު 1،467 މީހުން ކޯވިޑް-19އަށް އިްޔެ ވަނީ ޕޮޒިޓިވް ވެފައެވެ.
އިއްޔެވެސް ޕޮޒިޓިވް ކޭސްތައް މައްޗަށް އަރާފައިވަނީ ކުރީ ދުވަސްތަކުގެ ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ ނަތީޖާ އިއްޔެގެ ނަތީޖާގައި ހިމެނުމުންކަމަށް އެޗްއީއޯސީން ބުންޏެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލޭ ސަރަޙައްދުން އެކަނިވެސް 1،267 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 182 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 18 މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 42،775 އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 244 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 27،672 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތު ބައްޔަށް 15،003 މީހުން ފަރުވާ ހޯދަމުންދާއިރު 290 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓު ފޮނުވާ