ރައީސް ސޯލިހުގެ މަންމާފުޅު ކޯވިޑަށް ޕޮޒިޓިވްވެ އެޑްމިޓް ކޮށްފި

ރައީސް ސޯލިހުގެ މަންމާފުޅު ކޯވިޑަށް ޕޮޒިޓިވްވެ އެޑްމިޓް ކޮށްފި

Author
ހުސެއިން
09 މެއި 2021 09:09
0

ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު ކޯވިޑް19އަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.

ރައީސް ސޯލިހުގެ އާއިލީ ބޭފުޅަކު ޚަބަރު އޮންލައިންއަށް މައިލޫމާތު ދިން ގޮތުގައި، ރައީސް ސޯލިހުގެ މަންމާފުޅު ރޯގާގެ އާލާސްކަން ފުޅުގައި އުޅުއްވާތާ ދެތިން ދުވަސް ވެފައިވާ ކަމަށެވެ. އަދި ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަން ޔަގީންވީ ކޯވިޑް19އަށް ޓެސްޓު ކުރުމުން ކަމުގައެވެ.

އަދި ރައީސް ސޯލިހުގެ މަންމާފުޅު ފަރުވާ ދިނުމަށްޓަކާ އިއްޔެއިން ފެށިގެން އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދަނީ ދަރުމަވަންތައް ހޮސްޕިޓަލްގެ 11 ވަނަ ފަންގި ފިލާގައި ކަމަށްވެސް މަޢުލޫމާތު ލިބިފައި ވެއެވެ. ރައީސް ސޯލިހުގެ މަންމާފުޅުގެ އުމުރު ފުޅަކީ 81 އަހަރެވެ.

ފައިތުވެދިޔަ އެޕްރިލް މަހުގައި، ރައީސް ސޯލިހުގެ އަނބި ކަނބަލުން ފަޒްނާވެސް ވަނީ ކޯވިޑް19އަަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް އެކަމަނާ ވަނީ ބަލިން މުޅިން ރަގަޅު ވެފައެވެ.

ރާއްޖޭގައި އަދަޔާ ޚިލާފަށް ކޯވިޑް19ގެ ހާލަތު ގޯސްވެ، ވެރިރަށް މާލޭގައި ދަނީ އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވަމުންނެވެ. އަދި ފާއިތުވެދިޔަ 2 ހަފްތާ ތެރޭގައި މީހުން ޕިޒިޓިވްވާ އަދަދު ދަށްވެގެން ގޮސްފައި ނުވާއިރު، މިއަދު ނެތި ސާމްޕަލްތަކުން 1000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އަދި ގިނަ އަދަދެއްގެ ސާމްޕަލްތަކެއް ޓެސްޓު ކުރަން ޖެހި ބެކްލޮގަށް ގޮސްފައިވާ ކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.