ޝަމީމް އޭސީސީއަށް: މިއީ ޕޯސްޓް އޮފީހެއް ނޫން

ޝަމީމް އޭސީސީއަށް: މިއީ ޕޯސްޓް އޮފީހެއް ނޫން

Author
މުޙައްމަދު ޖިމީ
20 އޮކްޓޯބަރ 2020 02:38
0

ޤަވާއިދުގެ ތެރެއިން ކޮށްފައިވާ މުޢާމަލާތްތަކެއް ހިފައިގެން ދައުވާކުރަން ނުދެވޭނެކަމަށް ވިދާޅުވެ ޕީޖީ ޝަމީމްގެ ނުރުހުމާއި ބޮޑެތި ފާޑުކިއުންތަކެއް އޭސސީއަށް އަމާޒުކުރައްވައިފިއެވެ.

ކޯވިޑް-19އާ ގުޅިގެން ދުބާއީ ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތަގެ މައްސަލައިގައި ދައުވާނުކުރަން ޕީޖީ އޮފީހުން ނިންމެވި ނިންމެވުމާއިި ގުޅޭގޮތުން ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ، ޕީޖީ އޮފީހާއި އޭސީސީ ގުޅިގެން މިމައްސަލާގައި މަސައްކަތްތަކެއްކޮށްފައިވާކަމަށާއި، ނަމަވެސް ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވަނީ މަޝްވަރާތަށް ކުރިއަށްގޮސް އެއޮފީހަށްވެސް އެންގުމެއްވެސް ނެތިކަމަށެވެ.

ޕީޖީ ޝަމީމް ވިދާޅުވީ މިމައްސަލާގައި ދައުވާކުރެވޭނެ މިންވަރާ ގާތަށްވެސް ހެކި ނެތްކަމަށެވެ. އެގޮތުން އޭސީސީގެ ތަޙްޤީޤަށް ފާޑުވިދާޅުވަމުން ޝަމީމް ވިދާޅުވީ މައްސަލާގައި ތުހުމަތުކުރެވޭ އެއްވެސް މީހެއްގެ މައްޗަށް ދައުވާ ސާބިތު ނުކުރެވޭނެކަމަށެވެ. ޝަމީމް ވިދާޅުވީ އޭސީސީގެ ތަހުގީގީ ރިޕޯޓްގައިވެސް މިމައްސަލާގައި ދައުވާ ކުރެވެން ނެތެކަން ބަޔާންކުރުމަށްފަހު މި މައްސަލައެއްގައި ޖިނާޢީދައުވާކުރަން ފޮނުވީތީ އެކަމާ ސުވާލު އުފައްދޭކަމަށެވެ.

ޝަމީމް ވިދާޅުވީ ނާޑް ކުންފުންޏާއި މެޑްޓެކް ކުންފުންނާއި ޙަވާލުކޮށްގެން ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ޢަމަލީގޮތުން ބައިވެރިވެފައި ނުވާކަންވެސް އޭސީސީގެ ތަޙްގީގުން ނިންމާފައިވާކަމަށެވެ. އޭނާ ވަނީ ޤަވާއިދާއި އެއްގޮތަށްކުރިއަށް ގެންގޮސްފައިވާ ކަމެއްގައި ކޯޓަށް ގޮސްގެން ދައުވާކުރެވޭނެ ކުޑަވެސް ފުރުޞަތެއް ނޯންނާނެކަމަށް ވިދާޅުވެފއެވެ.

ޕޯސްޓް އޮފީހެއްގޮތަށް އަޅުގަނޑުމެންނަށް ފޮނުވާ ހުރިހާ މައްސަލައެއް ހިފައިގެން ކޯޓަށް ދާކަށްނޫން އަޅުގަނޑުމެން މިއުޅޭނީއެއް. ދައުވާކުރެވޭވަރުގެ ޕޮސިބިލިޓީއެއް އޮވެގެންނޫންހޭ ކޯޓަށްވެސް ދެވޭނީ. މިއީ ޤަވާއިދުގެ ތެރެއިން ހިންގާފައިވާ ކަމެއް ހިފައިގެން ނުދެވޭނެއޭ. މިއީ ނިޒާމުގެ މައްސަލަތަކެކޭ މިއުޅޭނީ

– ޙުސައިން ޝަމީމް

ވެންޓިލޭޓަރުތައް ގެނައުމުގައި ވަކިބަޔަކަށް މަންފާ ހޯދައިދިނުމާއި ކޮރަޕްޝަނަށް މަގުފަހިވާ ގިނަ މައްސަލަތަކެއް ހުރިކަމަށް ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވާތީ އޭސީސީން ވަނީ އެމައްސަލަ ތަޙްގީގުކޮށް ދައުވާކުރަން ނިންމައި އެމައްސަލަ މިމަހުގެ 14ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައެވެ. ނަމަވެސް މިމައްސަލަ ސާބިތުކުރެވިދާނެކަމާމެދު މީގެ ކުރިންވެސް މެންބަރުން ސުވާލު އުފައްދާފައިވެއެވެ. އަދި އޭސީސީން ހިންގާ ތަހުގީގްތަކުގެ ފެންވަރާމެދުވެސް މެންބަރުން ސުވާލު އުފައްދާ ވަރަށް ބޮޑަށް އޭސީސީއަށް ދަނީ ފާޑުވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.