ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްކުރަން ޑޮކްޓަރުންވީ ޤުރުބާނީއަށް ގިނަބަައެއްގެ ތަޢުރީފް

ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްކުރަން ޑޮކްޓަރުންވީ ޤުރުބާނީއަށް ގިނަބަައެއްގެ ތަޢުރީފް

ގުޅުންހުރި

ކުރީގެ ރައީސް އަދި ރައްޔިތުންގެ ޖަމިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ ބްރާސްފަތި ދުވަހުރޭ ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ސީރިއަސް ޒަހަމްތަކަށް ފަރުވާދިނުމުގައި ވަރުބަލިކަމެއް، މެދުކެނޑުމެއްނެތި ހަރަކާތްތެރިވި ޑޮކްޓަރުންގެ ޓީމަށް ގިނަބަޔަކު ދަނީ ތަޢުރީފް ކުރަންނެވެ.

ރައީސް ނަޝީދު ބުރާސްފަތި ދުވަހުގެރޭ 20:35 ހާއިރު އޭޑީކޭއަށް ގެންދިޔަ ގޮތަށް އެމަނިކުފާނަށް ފަރުވާ ދިނުމުގައި އެހޮސްޕިޓަލުގެ އެންމެ ތަޖުރިބާކާރު ޑޮކްޓަރުން ދިޔައީ ހަރަކާތްތެރިވަމުންނެވެ. ޖުމްލަ 16 ގަޑިއިރު އެމަނިކުފާނުގެ އޮޕަރޭޝަންތަކަށާއި، ސާޖަރީތަކަށް ހޭދަވިއިރު، މިހާދިސާގައި ޑޮކްޓަރުންގެ ކުރެއްވި މަސައްކަތުގެ ވަރަށް ކުޑަމިންވަރެއް އިއްޔެ ވަނީ ހާމަކޮށްދީފައެވެ. ޑޮކްޓަރުންގެ ވާހަތަކަށް ގިނަ ބަޔަކަށް ސިހުންލިބި، މާޔޫސްކަންވެސް ވެރިވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ ފުރާނައަށް ނުރައްކާނުވީ ހަމަ ކުރިޔާއެވެ. ހަށިގަނޑުގެ އެތައް ތަނަކަށް ޒަހަމަށްތައް ލިބިފައިވާއިރު، ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ޑޮކްޓަރުން ބުނެފައިވަނީ ރައީސް ނަޝީދުގެ ހާލަތު މިވަގުތު ސްޓޭބަލް ކަމަށްވީނަމަވެސް އެމަނިކުފާނަށް ފަރުވާ ދެމުންދަނީ ވަރަށްގާތުން ސީރިއަސް ޕޭޝަންޓެއްގެ ގޮތުގައި ބަލައިގެކަމަށެވެ.

ޑޮކްޓަރުން ބުނިގޮތުގައި އޮޕަރޭޝަންކޮށް ބެލިއިރު، އެ ދަގަނޑުކޮޅު ތެރެއަށް ވަދެގެން ގޮސް މޭގެ ކަށިގަނޑެއްގައި ޖެހި، ކަށިގަނޑަކަށް ވަނީ ގެއްލުންވެފަ އެވެ. އެ ކަށިގަނޑަށް ވުރެ ތަންކޮޅެއް ތިރިން އެ ރޭޒާ ފުށް ދިޔަ ނަމަވެސް އޭތި ގޮސް ވަންނާނީ ހިތަށެވެ. އެފަދަ ހާލަތެއް ކުރިމަތި ނުވި ކަމީ ޑޮކްޓަރުން ވިދާޅުވި ގޮތުން ވަރަށް ބޮޑު ނަސީބެކެވެ. އެކަމަކު ކަށިގަނޑަށް ގެއްލުން ލިބުމުން އޭގެ ކުނޑިތައް ފުއްޕާމެއަށް އެޅިފައި ހުއްޓެވެ. އަދި ފުއްޕާމޭގެ ބައެއް ތަންތަނުގައި ޕެޗް އަޅަން ޖެހުނެވެ.

އެއްވެސް ވަރުބަލިކަމެއްނެތި ޑޮކްޓަރުން 16 ގަނޑިއިރުގެ މަސައްކަތުން ރައީސް ނަޝީދު ވެންޓިލޭޓަރުން ނެގި އަމިއްލައަށް ރަނގަޅަށް ނޭވާލެވޭކަމަށް ޑޮކްޓަރުން ވަނީ ޔަގީން ކުރައްވާފައެވެ. އަދި ކޮންމެވެސް ވާރަކަށް ވާހަކަ ދައްކަވައި ހެއްދެވޭކަމަށްވެސް ޑޮކްޓަރުންވަނީ ބުނެފައެވެ. އޭޑިކޭގެ ޑޮކްޓަރުންގެ ޓީމުން ކުރި ބުރަމަސައްކަތަށް ރައީސް ނަޝީދުގެ އާއިލާގެ ފަރާތުންނާއި، މަޖިލިސް މެމްބަރުންނާއި، އާންމު ގިނަ ރައްޔިތުންވެސް ވަނީ ތައުރީފްކޮށް ޝުކުރު އަދާކޮށްފައެވެ.

އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ރައީސް ނަޝީދަށް ފަރުވާ ދެއްވުމަށް ކުރެއްވި މަސައްކަތާއި، ފަރުވާދެއްވި އަވަސްމިނަށް ގިނަބަކަކު ތައުރީފް ކުރަމުންދާއިރު، މިއީ އޭޑިކޭއަށްވެސް ލިބިގެން ގޮސްފައިވާ ވަރަށް ފަހުރުވެރި މަސައްކަތަކަށް ވަނީ ވެފައެވެ. މިފަދަ ނުރައްކާތެރި ހާދިސާއެއްގައި އަނިޔާވާމީހަކަށް، އަދި ޚާއްސަކޮށް ރައީސް ނަޝީދަށް ލިބިފައިވާ ގެއްލުންތަކަށް ބަލައި ފަރުދީފައިވާ ފުރިހަމަކަށްޓަކައި ގިނަ ބަޔަކުވަނީ އޭޑީކޭއަށް ޝުކުރު އަދާކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އޭޑީކޭއަކީ ފާޑުފާޑުގެ ގޭމޖަށްސާތަނެއް އިހަށްދުވަހު އަލަތު ކައިވެނީގެ މާބަނޑުމީހާގެ ފުރާނަ ދިޔައީ އޭޑީކޭގެ ފަރުވާކުޑަކަމުން އެކަހަލަ ކިތަންމެ މާބަނޑު މީހުން އޭޑީކޭގެ ފަރުވާކުޑަކަމުން މިދުނިޔެ ދޫކޮށްފި ވަރަށްސާފް

Leave a Reply

Your email address will not be published. Required fields are marked *