ކޯވިޑްގެ ނުރައްކަލާއިއެކު، ނެގި ޓެރަރިޒަމްގެ ރާޅުބޮޑުވެ، އެލާޓްލެވެލް އެންމެ މައްޗަށް!

ކޯވިޑްގެ ނުރައްކަލާއިއެކު، ނެގި ޓެރަރިޒަމްގެ ރާޅުބޮޑުވެ، އެލާޓްލެވެލް އެންމެ މައްޗަށް!

ގުޅުންހުރި
  1. ކޯވިޑް-19 ގެ ނުރައްކާ ބޮޑުވެ ބަލިޖެހޭ މީހުންނާއި، ބަލީގައި ނިޔާވާ މީހުން އިތުރުވެފައިވާ މިދަނޑިވަޅުގައި ރާއްޖެއަށް މިވަނީ އިތުރު ގޮންޖެހުމާއި ކުރިމަތިވެފައެވެ. ބުރާސްފަތި ދުވަހުގެރޭ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއާއި ގުޅިގެން މުޅި ރާއްޖޭގެ ސަލާމީ ކަންކަންވަނީ އެންމެ މަތީ ދަރަޖައަށް ވަރުގަދަ ކުރެވިފައެވެ.

މިނުރައްކާތެރި ހަމަލާއާއި ގުޅިގެން ރޭ ޤައުމީ ސަލަމާތީ ބާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން އެމްއެންޑީއެފްގެ މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ސަލާމަތީ ބާރުތަކުގެ އެލާޓް ލެވަލް މިހާރު ވަނީ އެމްބާއަށް ބަދަލުކޮށްފައި ކަމަށާއި އެއީ ސިފައިންގެ އެންމެ މަތީ އެލާޓް ކަމަށެވެ.

މިއީ ޓެރަރިޒަމްގެ އަމަލަކާއި ގުޅިގެން ގެންވޭ އެންމެ މަތީ ދަރަޖައަށް ގެނެވިފައި. މިހާރު ސިފައިން ވަނީ މަރުކަޒުތަކަށް ގެނެވި ސަލާމަތީ ފިޔަވަޅުތަކަށް ގެނެވިފައި.

– މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމާއެކު، އެމްއެންޑީއެފްގެ އެލާޓް ލެވެލް މަތިކުރިއެވެ. މިހާރު އެލާޓް ލެވެލް ހުރީ ޓެރަރިޒަމްގެ ހަަމަލާއެއް ދިނުމުން އެ ލެވެލް މަތި ކުރަން ޖެހޭ އެންމެ މަތީ ލެވެލްއަށް ބަދަލުކޮށްފައެވެ. މިއާއިއެކު އަތޮޅު ތެރޭގައާއި މާލެ ސަރަހައްދުގައިވެސް ބަލަންޖެހޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާކަމަށެވެ.

ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް އޮތް މިވަގުތު ރާއްޖެ އިތުރު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލުމަށް ދެވުނު ނުރައްކާތެރި ހަމަލާއާއި ގުޅިގެން ގިނަ ބަޔަކު ތިބީ މިކަމުގައި ޝާމިލުވާ މީހުން އިންސާފުގެ ކުރިމައަށްޗަ ހާޒިރު ކުރެވޭނެ ކަމުގެ އިންތިޒާރުގައެވެ.

ރޭބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދޭން ބޭނުންކުރީ "ހޯމްމޭޑް އައިއީޑީ" ނުވަތަ އަމިއްލައަށް ތައްޔާރުކޮސްފައިވާ ގޮވާއެއްޗަކީ ވަރަށް ބާރުގަދަ ނުރައްކާތެރި އެއްޗެއްކަމަށެވެ.

މިއީ އަމިއްލައަށް ތައްޔާރުކޮށް ރިމޯޓްކޮންޓްރޯލް ބޭނުންކޮށްގެން ގޮއްވާލާގޮތަށް ހަދާފައި އޮތް އެއްޗެއްކަމަށާ، މި އައިއީޑީއަކީ ސަލްޓަމްޕާކުގައި 2007ގައި ގޮއްވާލި އައިއީޑީއަށްވުރެ އެތައް ގުނައެއް ނުރައްކާތެރި އަދި އެތައް ގުނައެއް ބާރުގަދަކަމަށާ، އޭގައި ބޭނުންކޮށްފައިވާ މާއްދާތަކުގެ ސަބަބުން މީހުންގެ ފުރާނައަށް އޮތް ނުރައްކާ އެތައް ގުނައެއް ބޮޑުކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި މި އައިއީޑީގެ ހެދުމުގައި ގިނަ ޢަދަދެއްގެ ރޭޒާފުއް ބޭނުންކޮށްފައިވާކަމަށާ، އެގޮވުމާއެކު ރޭޒާފުއްތައް ބުރައިގެން ދިއުމުން ވަރަށްނުރައްކާވާނެކަމަށްވެސް ޝަމާލް ވިދާޅުވިއެވެ. ބުރާސްފަތި ދުވަހުގެ ރޭ 08:27ހާއިރު ރައީސް ނަޝީދަށް ޢަމާޒުކޮށް ދީފައިވަނީ ޓެރަރިސްޓު ހަމަލާއެއްކަމަށް އެމްއެންޑީއެފުންވެސް މިވަނީ ވިދާޅުވެފައެވެ.

ސަލްޓަމަ ޕާކުގައި ބޭނުންކުރި އައިއީޑީއާ އަޅާކިޔައިރު މިއީ އެތަށް ގުނަ، ބާރުގަދަ އައިއީޑީއެއްކަން ފާހަގަކޮށްލެވޭ. ދެން މި ގޮވުން ގޮއްވާފައިވަނީ ރިމޯޓް ކޮންޓްރޯލްކޮށްކަން ހާމަވޭ. ބޮޑަށް ބެލެވެނީ ކުޅިވަރު ގޭމް ކުޅެން ގެންގުޅޭ ކާރު ކަހަލަ އެއްޗެއްގެ ރިމޯޓެއް ބޭނުންކޮށްގެންކަމަށް ގޮއްވީ. މިއީ ޓައިމް އެކްސްޕްލޯސިވްއެއް ނޫން.

– ޝަމާލް ވިދާޅުވިއެވެ.

އޭނާވަނީ ތަޙްޤީޤުގެ އަލީގައި ބަޔަކު މިޙަމަލާ ދިންގޮތާއި އެވަގުތު އެރަޙައްދުގައި ރައީސް ނަޝީދާއި އެމަނިކުފާނުގެ ހަށިފާރަވެރިން ޙަރަކާތްތެރިވިގޮތް ހާމަކުރައްވާފައެވެ. އަދި ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތްކުރުމަށް ސިފައިން މަސައްކަތްކުރިގޮތާއި އެކަމުގެ ނުރައްކާތެރިކަން ހާމަކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *