ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފެއިލް ނުވާނެކަމަށް އުއްމީދުކުރަން: ޢަލީ

ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފެއިލް ނުވާނެކަމަށް އުއްމީދުކުރަން: ޢަލީ

Author
މުޙައްމަދު ޖިމީ
07 މެއި 2021 07:45
0

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ޓެރަރިޒަމް ހަމަލާގައި ބައިވެރިވި މީހުން ހޯދާ އިންސާފް ޤާއިމްކުރުމަށް ސަރުކާރު ފެއިލް ނުވާނެކަމަށް އުއްމީދުކުރައްވާކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ރޭ ދީފައިވާ ހަމަލާއާއި ގުޅިގެން4 މީހަކަށް ޝައްކުކުރެވޭކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ފުލުހުންގެ އިންޓަލިޖަންސްއަށްވެސް މަޢޫލޫމާތު ލިބިފައިނުވާކަމަށް ފުލުހުން މިއަދު ބުންޏެވެ.

ރައީސް ނަޝީދަށް ދީފައިވާ ހަމަލާއާއި ގުޅޭގޮތުން، ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ޓެރަރިޒަމްގެ ޙަމަލާގައި ބައިވެރިވި ފަރާތްތައް ހޯދާ އިންސާފު ޤާއިމް ކުރުމުގައި ސަރުކާރުން ފޭލިނުވާނެ ކަމަށް އުންމީދުކުރާކަމަށެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ މި ހަމަލާ ދިންމީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމުގެ ޔަޤީންކަން އަރުވާކަމަށާއި، ފުލުހުންގެ އެންމެ މަތީ ޤާބިލްކަން ބޭނުންކުރައްވާނެކަމަށެވެ. އަދި ރާއްޖެއާއި ގުޅުންއޮތް ބައިނަލްއަޤްވަމީ ޤައުމުތަކާއި ޖަމާއަތްތަތކުގެ އެހީވެސް ހޯދަމުން އަންނަކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ މި ހަމަލާއާއިގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބިފައިނުވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.