ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އާ ބޭފުޅުން އައްޔަންކޮށްފި އެވެ.
ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ޕްރައިވަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ހާމަކުރި ގޮތުގައި އަލަށް ބޯޑް މެންބަރުން އައްޔަންކޮށްފައި ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާއި، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) އަށެވެ.
އެގޮތުން މިފްކޯގެ ބޯޑަށް އައްޔަން ކޮށްފައި ވަނީ ސ. ފޭދޫ، އާބާދީގެ، ފާތިމަތު އާޒިޔާ ފަތުހީ އެވެ. އަދި އެމްއެފްއެމްސީގެ ބޯޑަށް ހަމަޖައްސާފައި ވަނީ ހއ. ތަކަންދޫ، ރަތްވިލާގެ، ހުސައިން އަބްދުލްވާހިދު އެވެ. މީގެ އިތުރުން ބީސީސީގެ ބޯޑަށް އައްޔަން ކޮށްފައި ވަނީ ސ. ހިތަދޫ، މީނާޒް، އީނާސް ނަސީރު އެވެ.
ޕީސީބީން ބުނި ގޮތުގައި މިފްކޯ އާއި އެމްއެފްއެމްސީގެ ބޯޑަށް އައްޔަން ކުރި ދެ ބޭފުޅުންނަކީ އެކައުންޓިން ދާއިރާގެ ބޭފުޅުންނެވެ.
ކޮމެންޓު ފޮނުވާ