ކޯވިޑްގެ އިތުރު މަރެއް، މިއީ 82 ވަނަ މަރު

ކޯވިޑްގެ އިތުރު މަރެއް، މިއީ 82 ވަނަ މަރު

Author
މުޙައްމަދު ޖިމީ
07 މެއި 2021 04:22
0

ކޯވިޑްގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. މިއީ މިހާތަނަށް މި ބަލީގައި ނިޔާވި82 ވަނަ މީހާއެވެ. ނިޔާވެފައިވަނީ ޢުމުރުން 81 އަހަރުގެ އަންހެނެއްކަމަށާއި، އޭނާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދިޔަ މީހެކެވެ. އޭނާ ނިޔާވީ މެންދުރު 2:46ހާއިރުކަމަށް އެޗްޕިއޭއިން ބުންޏެވެ.

މިއީ ރާއްޖޭގައި48 ގަޑިއިރުގެ ތެރޭގަިއ ނިޔާވި8 ވަނަ މީހާއެވެ.

ރާއްޖޭގައި ކޯވިޑްގެ ކޭސްތައް އިތުރުވެ، ބަލީގައި މަރުވާ މީހުންގެ ޢަދަދު ވަނީ ރެކޯޑް ޢަދަދަކަށް އިތުރުވެފައެވެ. ރާއްޖޭގެ ހާލަތު ނުރައްކާވެ، ބަލިން ރައްކާތެރިވުމަށް ވަނީ ގިނަ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.