ސުނާމީ ބިނާގެ ކޭބަލް ވަގަށް ނަގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ސުނާމީ ބިނާގެ ކޭބަލް ވަގަށް ނަގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
07 މެއި 2021 10:50
0

ސުނާމީ ބިނާއަށް ކަރަންޓް ގުޅަފައިވާ ކޭބަލް ބުރިކޮށްލާ ވަގަށް ނަގަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.

މޭލެސިޓީގެ މޭޔަރު ސިފާ މުޙައްމަދު ވިދާޅުވީ، ސުނާމީ ބިނާގެ ވިއްސަކަށް ފޫޓުގެ ކޭބަލް ބުރިކޮށްލާ ވަގަށް ނަގަން މަސައްކަތްކޮށްފައިވާކަމަށެވެ. އަދި އެކަން ކުރަން އުޅުނު ބަޔަކު އަތުލައިގަނެ މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ.

ސުނާމީ ބިނާގެ ކޭބަލް ވަގަށް ނަގަން މަސައްކަތްކޮށްފައިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކަށް ކަރަންޓް ފޯރުކޯށްދޭން ގެނެސްފައިވާ ކޭބަލްވެސް ވަނީ ވަގަށް ނަގަފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކަށް ކަރަންޓިން ދިނުމަށް ގެނެސްފައިވާ ކޭބަލްތަކުން ވަގަށް ނަގައިފަނީ70 މީޓާރުގެ ކޭބަލްއެކެވެ. އަދި އެއީވެސް ކޮނެ ވަޅުލާފައިވާ ކޭބަލެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.