ދިވެހި އިމްތިހާން ލަސްކޮށްފައިނަމަވެސް އައު ޕޭޕަރެއް ދަރިވަރުންނަށް ދެއްވުމަށް މާލެސިޓީގެ އިންތިޚާބީ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ހުޅުމާލެ ޣާޒީ ސްކޫލުގައި އެސްއެސްސީ އިމްތިހާންގެ އިސްލާމް ކަރުދާސްކަމަށް ހީކޮށް، ދިވެހި ޕޭޕަރު ބަހާފައިވާކަން ފާހަގަކުރައްވާ މާލެ ސިޓީގެ އިންތިޚާބީމޭޔަރު ވިދާޅުވީ، އޮޅިގެން ބެހުނު ޕޭޕަރު ބަދަލުކުރުމެއްނެތި ދަރިވަރުންނަށް އިމްތިހާން ހެދުމަށް ދެނީކަމަށެވެ. ސެކިއުރިޓީ ސީލް ކެނޑުމަށްފަހު އެ ކަރުދާސް ފަހުގެ ތާރީޚެއްގައި އިމްތިހާނެއް ހަދަން ބޭނުންކުރެވިގެން ނުވާނެކަމަށާއި، ދިވެހި އިމްތިހާން ލަސްކޮށްފައިނަމަވެސް، އާ ޕޭޕަރެއް ތައްޔާރުކޮށް ދަރިވަރުންނަށް ދެއްވުމަށް މުއިއްޒު ވަނީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު ޢަލީއަށް ގޮވާލައްވާފައެވެ.
ސެކުއިރިޓީ ސީލް ކެނޑުމަށްފަހު އެ ކަރުދާސް ފަހުގެ ތާރީޚެއްގައި އިމްތިޙާނެއް ހަދަން ބޭނުންކުރެވިގެން ނުވާނެ. ދިވެހި އިމްތިޙާން ލަސްކޮށްފައިވިޔަސް، އާ ޕޭޕަރެއް ތައްޔާރުކޮށް ދަރިވަރުންނަށް ދެއްވުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ކިބައިން އެދެން.(2/2)@MoEdumv @aisthly
— Dr Mohamed Muizzu (@MMuizzu) May 7, 2021
މިހާރު ކުރިއަށްދާ އެސްއެސްސީ އިމްތިހާނުގެ ދިވެހި އިމްތިހާން އޮންނާނީ މާދަމާއެވެ.
އިސްލާމް ކަރުދާސްކަމަށް ހީކޮށް ދިވެހި ކަރުދާސް ބަހާފައިވާއިރު، މިއަހަރު ކުރިއަށްދިޔަ އެޑެކްސެލް އޭލެވެލް އިމްތިހާނުގެ ބައެއް ޕޭޕަރުތައް ލީކް ވުމާއި ގުޅިގެން ރާއްޖެއިން ވަނީ އެ އިމްތިހާޏް ކެންސަލް ކޮށްފައެވެ. އަދި އެ ދަރިވަރުންނަށް އަލުން ޓެސްޓް ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ