ކޯވބިޑް-19ގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ޢުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. ރޭ ދަންވަރު 03:18 ހާއިރު ނިޔާވި މީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި މީހެއްކަމަށް އެޗްޕީއޭއިން ބުންޏެވެ. މިއީ ރާއްޖޭގައިކޯވިޑް-19ގައި ނިޔާވި75 ވަނަ މީހާއެވެ.
އޭގެ ތެރޭގައި ހިމެނެނީ65 ދިވެހިންނާއި10 ބިދޭސީންނެވެ.
ރާއްޖެއިން ކޮންމެ ދުވަހަކުވެސް އަންނަނީ ރެކޯޑް ޢަދަދަކަށް މީހުން ކޯވިޑަށް ޕޮޒިޓިވްވަމުންނެވެ. އެގޮތުން ފާއިތުވި24 ގަޑިއިރުގެ ތެރޭގައިވެސް734 މީހަކަށް ބަލިޖެހިފައިވެއެވެ. އޭގެތެރޭގައި ގިނައީ މާލެ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ. އެގޮތުން މާލެ ސަރަހައްދުން އެކަނިވެސް540 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މިވަގުތު ފަރުވާދެމުން އަންނަ މީހުންގެ ޢަދަދު 7،109އަށް އަރައެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންވެސް 198 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
ކޮމެންޓު ފޮނުވާ