ރައްޔިތުން ކިޔަމަންތެރިކަން ދެއްކި، ސަރުކާރު ބަސް ނޭހި ހިސާބެއް ޓެގް ޓީމުން ސާފުކޮށްދޭންޖެހޭ: ޝިޔާމް

ރައްޔިތުން ކިޔަމަންތެރިކަން ދެއްކި، ސަރުކާރު ބަސް ނޭހި ހިސާބެއް ޓެގް ޓީމުން ސާފުކޮށްދޭންޖެހޭ: ޝިޔާމް

Author
މުޙައްމަދު ޖިމީ
06 މެއި 2021 11:44
0

ކޯވިޑާއި ގުޅިގެން ބަލިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ބޯލަނބާ ރައްޔިތުން ބަސް އެހިކަމަށާއި، ނަމަވެސް ސަރުކާރުން ބަސް ނޭހި ސަބަބު އެޗްއީއޯސީގެ (ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް) ޓެގް ޓީމުން ސާފުކޮށްދން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޛޭގައި ކޯވީޑްގެ ނުރައްކާ ބޮޑުވެފައިވާއިރު، އެޗްއީއޯސީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ތަކުރާރުކޮށް ގެންދަވަނީ ބަލި ފެތުރެމުންދަނީ ރައްޔިތުން ފިޔަވަޅުތަކަށް އަމަލުނުކުރާތީކަމަށް ވިދާޅުވަމުންނެވެ. މިއާއެކު ގިނަ ބަޔަކު ސަރުކާރަށް އަމާޒުކޮށް ބުނަމުން ގެންދަނީީ ރައްޔިތުން އެޗްއީއޯސިއާއި ޑޮކްޓަަރުން އަންގާ އެންގުންތަކަށް އަމަލުކުރަމުން ގޮސްފައިވާކަމަށެވެ. ނަމަވެސް ސަރުކާރުން ބަލި ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އެޅުމަށް ނުކުޅެދިފައިވާކަމަށާއި، ޑޮކްޓަރުންގެ އިރުޝާދު ސަރުކާރުން ޤަބޫލު ނުކުރާކަމަށް ބުނަމުންދެއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، މިދިޔަ އަހަރު ކޯވިޑާއި ރާއްޖެއިން ކުރިމަތިލުމާއެކު ރައްޔިތުންގެ ކިޔަމަންތެރިކަމާއި ބަސް އެހުން ފެނިގެން ދިޔަކަމަށެވެ. އަދިވެސް ރައްޔިތުން އެ ކިޔަމަންތެރިކަން ދައްކަމުން އަންނަކަމަށާއި، ނަމަވެސް ރައްޔިތުން ބަލިން ރައްކާތެރިވުމަށްކަމަށް ބުނެ ގޭގައި ބައިތިއްބައިގެން ސަރުކާރުން ހިންގީ ބޮޑެތި ޖަރީމާތަކެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރު ބަސް ނޭހި ހިސާބެއް އެޗްއީއޯސީގެ ޓެގް ޓީމުން ސާފުކޮށްދެއްވުމަށް ޝިޔާމް ގޮވާލެއްވިއެވެ.

މާރިޗް2020 ގައި ލޮކްޑައުން ކުރިއިރު، އާންމު ރައްޔިތުންގެ ކިޔަމަންތެރިކަން ފެނިގެން ދިޔަ. ރައްޔިތުން ގޭގެޔަށް ވައްދާ ބަހައްޓާގަ ސަރުކާރުން ހިންގީ ބޮޑެތި ޖަރީމާކަން އެންމެނަށް އެނގޭ. ދިވެހިންނަކީ ކިޔަމަންތެރި ބައެއް. ސަރުކާރުން ބަސްނޭހި ސަބަބެއް އެޗްއީއޯސީގެ ޓެގް ޓީމުން ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ.

– އަޙްމަދު ޝިޔާމް

ސަރުކާރުން ބޮޑެތި ޖަރީމާތައް ހިންގެވިކަމަށް ތުހުމަތުކުރައްވާފައިވާއިރު، ކޯވިޑާއި ގުޅިގެން ނެރުނު ބައެއް އޮޑިޓް ރިޕޯޓްތަކުަގއުިވެސް ކޯވީޑްއިން ރައްކާތެރިވުމަށާއި،ކޯވިޑް ކޮންޓްރޯލްކުރުމަށް ރާއްޖެއަށް ބޭނުންވާ ބައެއް ވަސީލަތްތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކޮށްފައިވާކަން ވަނީ ހާމަވެފައެވެ. އަދިކޯވިޑްގެ މި ނުރައްކާތެރިވަގުތު އަދި އިޤްތިޞާދު ހިނަރުވެފައިވަނިކޮށް، ބަދަލު ދިނުމުގެ ނަމުގައި ސަރުކާރުގެ ގާތް ފަރާތްތަކަށް ބޮޑެތި ޢަދަދު ތަކުން ފައިސާ ދޭ މައްސަލަވެސް ފެންމަތިވެ ބޮޑެތި ފާޑުކިއުންތަކެއް ސަރުކާރަށް އަމާޒުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.