ޓެކްނޮލޮޖީ މިނިސްޓްރީ އުވާލާ، މެންޑޭޓް ޝައުނާއަށް

ޓެކްނޮލޮޖީ މިނިސްޓްރީ އުވާލާ، މެންޑޭޓް ޝައުނާއަށް

Author
މުޙައްމަދު ޖިމީ
05 މެއި 2021 11:40
0

ޓެކްނޮލޮޖީ މިނިސްޓްރީ އުވާލާ، މެންޑޭޓް އެންވަޔަރަމަންޓް މިނިސްޓަރ ޝައުނާއާއި ހަވާލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އުވާލައްވައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ނަން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބަދަލުކުރައްވާ މިނިސްޓަރަކަށް އައްޔަންކުރެއްވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާއެވެ.

ކުރިން މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީން ކުރައްވަމުން ގެންދެވި އެންމެހައި މަސައްކަތްތައް ދެން ކުރައްވަމުން ގެންދަވާނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީންކަމާށް ރައީސް އޮފީހުން ބުންޏެވެ.  އަދި، އެ މަސައްކަތްތައް ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީގައި ތިބި މުވައްޒަފުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ބަދަލުކުރެއްވުމަށް ނިންމާފައިވާކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވަނީ އެ މިނިސްޓްރީގެ މެންޑޭޓް ތަފްސީލްކޮށްފައެވެ.

މީގެ އިތުރުން ޓެކްނޮލޮޖީ މިނިސްޓްރީ އުވާލާ މެންޑޭޓް އެންވަޔަރަމަންޓް މިނިސްޓަރ ޝައުނާއަށް ދެއްވާފައިވާއިރު، މީގެ ކުރިން އެންވަޔަރަމަންޓް މިނިސްޓަރަކަށް ހުންނެވި މުޙައްމަދުު މަލީހު ޖަމާލް މަޤާމުން ވަކިކުރެއްވީ މާރިޗް މަހުގެ1 ވަނަ ދުވަހު މަޖިލީހުން ފާސްކުރި އިތުބާރު ނެތްކަމުގެ ވޯޓާއެކުއެވެ.

ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވާނެކަމުގެ އިޝާރާތެއް ރައީސް ވަނީ އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ދެއްވާފައެވެ. އެގޮތުން މިހާރު އެ މަސައްކަތް ރައީސް ވަނީ ފައްޓަވާފައެވެ. ރައީސް ވަނީ އެކަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށްވެސް ސިޓީއަކުން އެކަން އަންގަވާފައެވެ. ރައީސްގެ އެ ސިޓީގައި ވަނީ ވަޒީރުންނަށް ވަޒީރުކަމުގެ މަސްޢޫލިއްޔަތު އަދާނުކުރެއްވޭކަމަށް ބަޔާންކޮށްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.