ކޯވިޑް ޖެހުނު މާބަނޑު އަންހެނެއްގެ ޙާލު ސީރިއަސްވެ ވެންޓިލޭޓަރަށް ލާންޖެހޭ ހާލަތުގައި

ކޯވިޑް ޖެހުނު މާބަނޑު އަންހެނެއްގެ ޙާލު ސީރިއަސްވެ ވެންޓިލޭޓަރަށް ލާންޖެހޭ ހާލަތުގައި

Author
މުޙައްމަދު ޖިމީ
04 މެއި 2021 11:14
0

ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުޗާދެމުން އަންނަ މާބަނޑު މީހެއްގެ ހާލު ވަރަށް ސީރިއަސްވެފައިވާކަމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ބަލިތަކުގެ ޙާއްޞަ ޑޮކްޓަރު މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.

ޑރ.މުޙައްމަދު ޢަލީ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި11 މީހަކަށް ފަރުވާދެމުން އަންނައިރު، އޭގެތެރެއިން6 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަކަމަށެވެ. އަދި މާބަނޑު މީހެއްގެ ހާލަތު ސީރިއަސްވެ ވެންޓިލޭޓަރަށް ލާންޖެހޭ ހާލަަތށް ގޮސްފައިވާއިރު، މީގެ ކުރިން މާބަނޑު މީހަކަު މިހާ ހާލަތު ސީރިއަސްވެފައިނުވާކަމަށް ޑރ.މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

ޑރ.މުޙައްމަދު ޢަލީ ވިދާޅުވީ، ބަލިޖެހޭ މާބަނޑު މީހުންގެ ހާލަތު މާބޮޑަށް ސީރިއަސް ވަމުން އަންނަކަމަށާއި، އެހެންކަމުން މާބަނޑު މީހުންނަށް ވެކްސިން ޖެހޭނެ ގޮތްތަކެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ގޮތްތަކެއް ހޯދުމަށް ޑޮކްޓަރ ގޮވާލެއްވިއެވެ. އެގޮތުން ޑޮކްޓަރ ވަނީ ބައެއް ޤައުމުތަކުަގއި ފައިޒަރ ވެކްސިން މާބަނޑު މީހުންނަށް ދެމުން އަންނަކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ރާއްޖޭގައިވެސް މާބަނޑު މީހުންނަށް ވެކްސިން ދެވޭނެ ގޮތްތަކެއް އިންތިޒާމްވުން މުހިންމުކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެ، މިހާރު ކުރިމަތިލަމުން މިދަނީ ކޯވިޑްގެ ހަތަރުވަނަ ރާޅުކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ކޯވިޑްގެ އައު ވޭރިއަންޓް އުޅުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށްވެސް ޑޮކްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި24 ގަޑިއިރު އެކަނިވެސް 600އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.