މޭޑޭއާއި ދިމާކޮށް ޒުވާނުން އިސްނަގައިގެން ކުރި ކުޑަ އަދި ބައިމަދު މުޒާހަރާއެއް ކޮންޓޯލްކުރުމަށް އާދަޔާ ނުބައްދަލު ބާރުގެ ބޭނުންކުރުމުން ފުލުހުންނަށް ބޮޑެތި ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ޒުވާނުންގެ މޫވްމެންޓެއް ކަމުގައިވާ “ރައިސް އަޕް މޯލްޑިވްސް”އިން އިސްނަގައިގެން މަސައްކަތުގެ މާހައުލުގައި، މަސައްކަތްތެރިންނަށް ކުރާ ޖިންސީ ގޯނާއާއި، ޖިންސީ ފުރައްސާރައާއި ދެކޮޅަށް ރޭ ކުރި ސުލްހަވެރި ހިނގާލުން ފެށީ މާފަންނުކޮޅު ސޯޝަލް ސެންޓަރުންނަށް މުޒާހަރާ ފަށައިގެން މާދުރަކަށް ނުދެވެނީ ގިނަ އަދަދެއްގެ ފުލުހުންނާއިއެކު ފުލުހުންގެ ވެހިކަމެއް މުޒާހަރާ ކުރިމައްޗަށް މަޑުކޮށް އެއްވުން ވަގުތުން ރޫޅާލުމަށް މަސައްކަތް ކުރިއެވެ.
އެއްވުން ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރި ނަމަވެސް އެއްވި މީހުން ގޮވަންދިޔައީ ސުލްހަވެރިކަމާއިއެކު އަޑު އުފުލަން ޖާގަދީ އަދުލު އިންސާފު ޤާއިމް ކުުރުމަށެވެ. ނަމަވެސް ފުލުހުންވަނީ މުޒާހަރާ ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލާފައެވެ. މުޒާހަރާ ރޫޅާލުމުގައި ފުލުހުން ވަނީ އެއްވި މަދު ޒުވާނުންގެ ތެރެއިން ބައެއް ޒުވާނުންނަށް އެކި ވަރުގެ އަނިޔާތައް ކޮށްފައެވެ.
ޚާއްސަކޮށް ޒުވާން އަންހެން މީހަކު ބިންމައްޗަށް ވައްޓާލައި އޭނާ އަތުގައި ފަހަތަށް ބިޑި އަޅުވައި، މޫނަށް އަމާޒުކޮށް ޕެޕާސްޕްރޭ އިންތިހާއަށް ޖެހިތަން ވަނީ ފެނިގެން ގޮސްފައެވެ. ފުލުހުންނަށް މުޒާހަރާތަކުގައި ޕެޕާސް ޕްރޭ ބޭނުން ކުރެވޭ ހާލަތާއި ކަނޑައެޅިގެން ޚިލާފަށް ރޭގެ މުޒާހަރާގައި ޕެޕާސްރޭ ބޭނުންކޮށް ޕެޕާސްޕްރޭ ޖަހާފައިވެއެވެ. ޚާއްސަކޮށް ވަކި މީހަކަށް ނުވަތަ ވަކި މީހެއްގެ މޫނަށް އަމާޒުކޮށް ފުލުހުން ވަނީ ރޭގެ މުޒާހަރާގައި ޕެޕާސްޕްރޭ ޖަހާފައެވެ. މިއީ ކަޑައެޅިގެން ފުލުހުން ކުރުން މަނާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެކެވެ.
Kuri aniyaa Nuha ge dhulun! pic.twitter.com/CaoezUNYbX
— Aminath Lamha Aslam (@AslamLamha) May 1, 2021
މުޒާހަރާ ކޮންޓްރޯލް ކުރުމަށް އާދަޔާއި ޚިލާފް ބާރުގެ ބޭނުން ކުރުމައި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސޯޝަލް މީޑިޔާގައި އޮއްސާލާފައެވެ. މި މުޒާހަރާއަކީ އަންހެނުންނަށް ކުރާ ޖިންސީ ފުރައްސާރައާއި ގޯނާއިން ސަލާމާތްވުމަށް ގޮވާލައި ކުރި މުޒާހަރާއަކަށްވާއިރު މުޒާހަރާ ހުއްޓުވަށް ފުލުހުން އަމަލުކޮށްފައިވާގޮތުން ރާއްޖޭގައި އެފުރުސަތު ދޭން ބޭނުންވާ މިންވަރު ހާމަވާކަމަށް ޝުއޫރު ފާޅު ކުރި މީހުން ވަނީ ލިޔެފައެވެ.
Seriously! Wtf is wrong with you @PoliceMv
Pepper spraying like spraying body spray on, all up and close. ? https://t.co/kfC5BqJ9x7
— Shaa (@ShaaShaadhny) May 1, 2021
މިކަން ކުށްވެރިކޮށް ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ވަނީ ޓްވީޓް ކުރައްވާފައެވެ. އެބޭފުޅުންވެސް ވިދާޅުވެފައިވަނީ މިއީ އެއްގޮތަކަށްވެސް ބަލައި ގަނެވޭނެ ކަމެއްނޫންކަމަށެވެ.
Ehves gothakah balai ganeveyne kameh nun. Varah hithaama veri ? https://t.co/SpJ89iHofj
— Labaan Shareef (@labaanshareef) May 1, 2021
މުޒާހަރާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ލިބެމުންދިޔަ ފާޑުކިޔުންތަކާއި ގުޅިގެން ވަނީ މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ބުނެފައެވެ. ފުލުހުން ބުނެފައިވަނީ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާގޮތް، ޚާއްސަ އިސްކާމެއް ދީގެން، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންނާއި ޔޫސް އޮފް ފޯސްރިވިއު ކޮމިޓީން ބަލަން ފަށާފައިވާކަމަށެވެ. މި މައްސަލައިގައި އިތުރު ތަފްސީލް މައްސަލަ ކުރިއަށްދާ ވަރަކުން ހިއްސާ ކުރަމުންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް މާލޭގައި ކުރާ މިފަދަ ކޮންމެ މުޒާހަރާއެއް ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިއީ އަނިޔާއާއި، ސުލްހަ ވެރި އިހުތިޖާޖަށް ޖާގަދޭން ވައުދުވެ އައި ސަރުކާރަކަށްވާއިރު ސަރުކާރުގެ އަމަލުތަކުން ފެނިގެން މިދަނީ އަނިޔާގެ މައްޗަށް އަނިޔާ ދެނުންދާތަން ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ