މަތިވެރީގައި އެންމެ ޑޮކްޓަރެއް، ބަލީގެ ނުރައްކާ އިންތިހާއަށް، ސަރުކާރުގެ އަޅާލުމެއްނެތް!

މަތިވެރީގައި އެންމެ ޑޮކްޓަރެއް، ބަލީގެ ނުރައްކާ އިންތިހާއަށް، ސަރުކާރުގެ އަޅާލުމެއްނެތް!

ގުޅުންހުރި

އއ.މަތިވެރީގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުން އަދަދު އެއްދުވަހުން އަނެއް ދުވަހަށް މައްޗަށް ގޮސް މިހާރުވަނީ ރަށުގެ ހާލަތު އިންތިހާއަށް ގޯސްވެފައެވެ.

މިއަދު މަތިވެރިން ޕޮޒިޓިވްވި މީހުންނާއިއެކު މިހާތަނަށް އެރަށުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 200 އަށްވުރެ މައްޗަށް އަރާފައެވެ. އާބާދީގައި 900 އެއްހާ މީހުން ދިރިއުޅޭ މަތިވެރީގައި މިހާރު ބަލީގެ އަސަރު ނެތް މީހަކު މަދެވެ. މަތިވެރީގެ ހާލަތު ގޯސްވަމުން ދިޔަ ނަމަވެސް ކަމާއި ގުޅުންހުރި އިދާރާތަކުން ނަންބަރުތައް ހާމަކުރުން ފިޔަވައި ކުރެއްވި އެއްވެސް މަސައްކަތެއް ނެތެވެ.

މަތެވީގައި ކޯވިޑްގެ ކޭސްތައް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާއިރު، ރަށުގެ ހިންގުން މިވަގުތުވަނީ ގާތް ގަނޑަކަށް ހުއްޓިފައެވެ. މުއައްސަސާތަކުގެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވެ ޚިދުމަތްތަކަށް ވަނީ ބުރޫއަރާފައެވެ. ރަށުގެ ޞިއްޚި މަރުކަޒުގައި ރަށުގައި އޮތް ހުރިހާ ބައްޔަކަށް ފަރުވާދޭން ހުރީ އެންމެ ޑޮކްޓަރެކެވެ. މަރުކަޒުގެ ގިނަ ސްޓާފުން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

މަތިވެރިން އިތުރު 24 މީހަކު ޕޮޒިޓިވްވެ، އަދަދު 200 އިން މައްޗަށް

ބަލީގައި ހައިރިސްކު މީހުންވެސް އިތުރުވަމުންދާއިރު، އެކަށީގެންވާ ފަރުވާ ނުދެވި ކަންބޮޑުވުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ޚަބަރު އޮންލައިނަށް މައުލޫމާތު ދިން މަތިވެރީ މީހަކު ބުނީ އޭނާގެ ބައްޕަ ކޯވިޑަށް ޕޮޒިޓިވްވެ އަވަސް ފަރުވާއަށް އެދުމުން އެދުވަސް ނިމިގެން ދިޔައިރުވެސް ޑޮކްޓަރުގެ ޚަބަރެއް ނުވާކަމަށެވެ. އޭނާ ބުނީ މިހެންވާންޖެހެނީ ރަށުގައި ބަލިމީހުން ގިނަވެ ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިންތިހާއަށް ގިނަވުމުން އެންމެ ޑޮކްޓަރަކު ހުރިހާ ގެއަކަށް ދާންޖެހޭތީއެވެ.

ކޮމިއުނިޓީ ސްޕްރެޑެއް އޮތް މަތިވެރީ ހާލަތާއިމެދު ރަށުގެ ރައްޔިތުން އިންތިހާއަށް ކަންބޮޑުވެ ގޮތް ހުސްވެފައިވާއިރު މިހާތަނަށް އެރަށުގެ ހާލަތު ދެނެގަތުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި އެއްވެސް އިދާރާއަކުން ކައުންސިލަށް ގުޅައި މައުލޫމާތު އޮޅުން ފިލުވާފައި ނުވާކަމަށް ރަށު ކައުންސިލް ރައީސް ވަނީ ބައެއް މީީޑިޔާތަކުގައި ވިދާޅުވެފައެވެ.

ޞިއްޚީ ފަރުވާއަކީ ޤާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ކަށަވަރު ކޮށްދޭންޖެހޭ ހައްގަކަށްވާއިރު، ޞިއްޚީ ފަރުވާ ނުދެވި ނޫނީ އެކަމަށް ސަރުކާރުން އިހުމާލުވުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް މަތިވެރީގެ ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި މިވަތުތު ރަށުގެ ހާލަތު އޮތްގޮތުން ޞިއްޚީ ހިދުމަތްތެރިންނާއި، އިތުރު ޑޮކްޓަރުން ސަރުކާރުން އެރަށަށް ފޮނުވުމަކީ އެރަށު ރައްޔިތުންގެ އާދޭހެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

Leave a Reply

Your email address will not be published. Required fields are marked *