ރާއްޖެ ސަރަހައްދުން ވަގަށް މަސްވެރިކަން ކުރަނިކޮށް 5 ބޯޓެއް ހިފަހައްޓައިފި

ރާއްޖެ ސަރަހައްދުން ވަގަށް މަސްވެރިކަން ކުރަނިކޮށް 5 ބޯޓެއް ހިފަހައްޓައިފި

Author
މުޙައްމަދު ޖިމީ
29 އޭޕްރިލް 2021 11:22
0

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ގަވައިދާ ޚިލާފަ މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ 5 ބޯޓެއް ހިފަހައްޓާ އެމްއެންޑީއެފްގެ ބެލުމުގެ ދަށަސް ގެންގޮސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ ކޯސްޓްގާޑް ޝިޕް ހުރަވީ  ރާއްޖޭގެ އީއީޒެޑް ސަރަޙައްދު ޕެޓްރޯލް ކުރަމުންދަނިކޮށް، މީމު އަތޮޅާއި ވާވު އަތޮޅާ ދިމާ އިރުން އީއީޒެޑްގެ 30 ނޯޓިކަލް މޭލު އެތެރެއިން ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ފަސް މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

މި ބޯޓްތައް އެމްްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށް ފެނުނުއިރު ބޯޓްތައް މަސްވެރިކަން ކުރުމަށް ހަރަކާތްތެރިވަމުން ގޮސްފައިވަނީ، ބޯޓްތައް މެދުގައި ވަކި ދުރުމިނެއް ބަހައްޓައިގެންކަމަށާއި، އެހެންކަމުން އެ ފަސް ބޯޓް، ކޯސްޓްގާޑް ޝިޕް ހުރަވީ ބެލުމުގެ ދަށަށް ގެނެވިފައިވަނީ އިއްޔެގެ އިރާކޮޅުކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ކޯސްޓްގާޑް ޝިޕް ހުރަވީ ބެލުމުގެ ދަށުން މި ބޯޓްތައް މާލެ ގެނައުމަށްޓަކައި ދަނީ ދަތުރު ކުރަމުންކަމަށާއި، މާލެ އާދެވޭނެ ކަމަށް ލަފާކުރެވެނީ މާދަމާގެ މެންދުރުފަހުގެ ވަގުތެއްގައިކަމަސްވެސް އެމްއެންޑީއެފް އިން ބުންޏެވެ. މިއިން ކޮންމެ ބޯޓެއްގައި 6 މީހުން ތިބިކަމަށް މިހާތަނަށް މަޢުލޫމާތު ލިބިފައިވާކަމަށާއި، މި ބޯޓްތަކުގެ މައްސަލަ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ދަނީ ތަޙުޤީޤު ކުރަމުންކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Haaje kudey
Kon gaumeh ge boat thakeh kan buneli nama