ގެއަކުން ގޭސްފުޅިއެއް ވަގަށް ނެގި މައްސަލާގައި ދެމީހަކު ހޯދަން ފުލުހުން ފޮޓޯ ޢާންމުކޮށްފިއެވެ.
ފުލުހުން ބުނީ، އޭޕްރީލް މަހުގެ 7 ވަނަ ދުވަހުގެ ވަގުތެއްގައި ހޭންވެރު ގެއަކުން ގޭސް ފުޅިއެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ދެ މީހަކު ހޯދަމުންދާކަމަށެވެ.
އެހެންކަމުން އެ ދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 483877 އެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ