ޑައިވިނަށް ގޮސް އުޅުނު ޒުވާނަކު ސީރިއަސްވެ އަވަސް ފަރުވާއަށް މާލެ ގެނެސްފި

ޑައިވިނަށް ގޮސް އުޅުނު ޒުވާނަކު ސީރިއަސްވެ އަވަސް ފަރުވާއަށް މާލެ ގެނެސްފި

Author
މުޙައްމަދު ޖިމީ
26 އޭޕްރިލް 2021 10:44
0

ފ.ނިލަދޫ ކައރިއަށް ޑައިވިނަށް ގޮސް އުޅުނު ޒުވާނެއްގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ފުލުހުން ބުނީ ހާލު ސީރިއަސްވީ، ފ. ނިލަންދޫ ކައިރިއަށް ޑައިވިނަށް ގޮސް އުޅުނު 21 އަހަރުގެ ދިވެހި ފިރިހެނެއްގެ ކަމަށާއި، އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު 15:11 އެހާއިރުކަމަށެވެ.

އެމައުލޫމާތު ލިބުމާއެކު ޕޮލިސް ލޯންޗެއްގައި އޭނާ ނިލަންދޫއަށް ގެންދިޔަކަމަށެވެ. އަދި އޭގެ ފަހުން އިތުރު ފަރުވާދިނުމަށް މިހާރު އޭނާ މާލެ ގެނެސްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

މިހާދިސާގައި ހާލު ސީރިއަސްވެގެން އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ ފ. ނިލަންދޫ ދޮންފަތްބަގީޗާގެ ޝިފާޒް މުޙައްމަދެވެ. މިހާދިސާ ހިނގީ ފުޅިނާޅައި ޝިފާޒް މޫދުއަޑީގައި އޮއްވާ ހޭނެތުމާއި ގުޅިގެންކަމަށް ނިލަންދޫ ކައުންސިލުން ބުންޏެވެ. އަދި މިހާދިސާގައި ޝިފާޒް މޫދުއަޑިން ނެގި ޒުވާނާވެސް ހޭނެތުނުވެ. ނަމަވެސް އޭނާގެ ހާލު މިހާރު ރަނގަޅުކަމަށް މައުލޫމާތުލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.