328 މީހުން ޕޮޒިޓިވް، ނުރައްކާ ބޮޑުވަނީ

328 މީހުން ޕޮޒިޓިވް، ނުރައްކާ ބޮޑުވަނީ

Author
މުޙައްމަދު ޖިމީ
26 އޭޕްރިލް 2021 10:28
0

ރާއްޖެއިން އިތުރު 328މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އިއްޔެގެ އިރުއޮއްސި 6:00އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ޕޮޒިޓިވްވި 328 މީހުންގެ ތެރޭގައި ހިމެނެނީ
މާލެ ސަރަޙައްދުން ޕޮޒިޓިވްވި 167 މީހުންނެވެ. އަދި އަތޮޅުތަކުން ޕޮޒިޓިވްވި 127 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހަކާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށުން ޕޮޒިޓިވްވި 24 މީހުން މީގެތެރޭގައި ހިމެނެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 28،202 އަށް އަރާފައެވެ.

މިވަގުތު ކޯވިޑް-19އަށް ފަރުވާ ހޯދަމުންދަނީ 3,701 މީހުންނެވެ. އޭގެތެރެއިން 126 މީހަކަށް ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. ފާއިތުވި 24 ގަޑިއިރު ބަލިން ރަނގަޅުވީ 112 މީހުންނެވެ. މިއާއެކު މިހާތަނަށް ޖުމުލަ 24،421 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3252 ސާމްޕަލެއް ވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 71 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 63 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.