އައްޑޫގައި ގާއިމުކުރެވެމުންދާ ނެޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯއެންފޯސްމަންޓް ވެގެންދާނީ ގާނޫނު ތަންފީޒުކުރުމާއި ޖިނާޢީ އަދުލުގެ އަދި އިޖުތިމާޢީ އެހެނިހެން މުއައްސަސާތަކުގެ ބައިވެރިން ގުޅިގެން ތަމްރީނު ހިންގާ މަރުކަޒަކަށްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، އައްޑޫ ސިޓީގައި ޤާއިމުކުރެވޭ "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯއެންފޯސްމަންޓް" ގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށާއި އައްޑޫ ސިޓީގެ ފުލުހުންނާ ބައްދަލުކުރެއްވުމަށް އެ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ކޮލެޖު ބައްލަވާލެއްވުމަށްފަހުއެވެ.
މިނިސްޓަރ ޢިމްރާން ވިދާޅުވީ، ނެޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯއެންފޯސްމަންޓަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބުނާ ފަދަ ފުލުހުންގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަމްރީނު މަރުކަޒަކަށްކަމަށެވެ. އަދި އެ ކޮލެޖު ވެގެންދާނީ ގާނޫނު ތަންފީޒުކުރުމާއި ޖިނާޢީ އަދުލުގެ އަދި އިޖުތިމާޢީ އެހެނިހެން މުއައްސަސާތަކުގެ ބައިވެރިން ގުޅިގެން ތަމްރީނު ހިންގާ މަރުކަޒަކަށްކަމަށާއި، އައްޑޫގެ ރައްޔިތުންނަށާއި، ދަރިވަރުންނާއި އިޤުތިޞާދަށް ގިނަ ފައިދާތަކެއް ކޮށްދޭނެ ތަނަކަށް އެކޮލެޖުވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެ ކޮލެޖު ވެގެންދާނީ ގާނޫނު ތަންފީޒުކުރުމާއި ޖިނާޢީ އަދުލުގެ އަދި އިޖުތިމާޢީ އެހެނިހެން މުއައްސަސާތަކުގެ ބައިވެރިން ގުޅިގެން ތަމްރީނު ހިންގާ މަރުކަޒަކަށް. އަދި އައްޑޫގެ ރައްޔިތުންނަށާއި، ދަރިވަރުންނާއި އިޤުތިޞާދަށް ގިނަ ފައިދާތަކެއް ކޮށްދޭނެ ތަނަކަށް އެކޮލެޖުވެގެންދާނެ.
— Imran Abdulla (@ShimranAb) April 26, 2021
"ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯވ އެންފޯސްމެންޓް"ގައި ފުލުހުން ތަމްރީނު ކުރުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ފަށައިގަނެވޭނެކަމަށް ހޯމް މިނިސްޓަރ ވަނީ ކުރިން ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ އެމިންވަރަށް ފުލުހުން ވަޒީފާއަށް ނެގުމަކީ ދައުލަތައް ބުރަ ކަމަކަށް ވީނަމަވެސް އެއީ ރައްޔިތުންނަށްޓަކައި ސަރުކާރުން ކޮށްދެއްވަންޖެހޭ ކަމެއްކަމަށެވެ.
ފުލުހުންގެ ޚިދުމަތުގެ ޤާނޫނާއެކު ފުލުހުންގެ ޚިދުމަތް ލާމަރުކަޒުކުރެވިގެންދާއިރު، މިހާރަށްވުރެ ހުރިހާ ގޮތަކުންވެސް ފެންވަރު ރަނގަޅުކޮށް ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ ސަރުކާރުގެ އަމާޒުކަމަށާ، އެކަމަށް ފުލުހުންނަށް އެންމެ ފުރިހަމަ ތަމްރީނުތައް ދެވިގެންދާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި ވަނީ އައްޑޫގައި ހަރަކާތްތެރިވާ ފުލުހުންނާއިވެސް ބައްދަލުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ