ޝުޖާ، މޫކޭއަށް: ރައީސް ޔާމީނޭ ކިޔާގެން ވާހަކަ ނުދައްކާ ތިމާމީހާގެ މޫނު އަމިއްލަ އަށް ބަލާބަލަ!

ޝުޖާ، މޫކޭއަށް: ރައީސް ޔާމީނޭ ކިޔާގެން ވާހަކަ ނުދައްކާ ތިމާމީހާގެ މޫނު އަމިއްލަ އަށް ބަލާބަލަ!

Author
މުޙައްމަދު ޖިމީ
26 އޭޕްރިލް 2021 09:44
0

މަގުހަދާ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ތިޖޫރި ގެއްލޭ މައްސަލަ ބެއްލެވުމަށް މާލެ ސިޓީ ކައުންސިލްގެ އިންތިޚާބީ މެންބަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާޢު ގޮވާލައްވައިފިއެވެ.

ޝުޖާޢު މިކަމަށް ގޮވާލައްވާފައި މިވަނީ ހަފުތާއެއްގެ ތެރޭގައި އާރުޑީސީގެ އޮފީސް ދެ ވަނަ ފަހަރަށް އިއްޔެ ފަޅާލައި ވައްކަންތަކެއް ކުރުމާއި ގުޅިގެންނެވެ. ޝުޖާޢު ވިދާޅުވީ. އާރުޑީސީގެ ތިޖޫރި ގެއްލޭ މައްސަކަ ބަލަންޖެހޭކަމަށާއި، މިއީ އަޖައިބެއް ކަހަލަ ކަމަކަށްވެފައިވާކަމަށެވެ. އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކް ( މޫކޭ )އަށް އިޝާރާތްކުރައްވާ ޝުޖާޢު ވަނީ އާރުޑީސީގެ ތިޖޫރީ އެކަނި މި ރާއްޖެއިން ޖައްވަ އަރާ ތިޖޫރީ އަކަށްވެފައިވާކަމަށް ވިދާޅުވެފައެވެ.

މިދިޔަ ހޮނިހިރުދުވަހު ވެސް އާރުޑީސީގެ އޮފީހަށް ބަޔަކު ވަދެ 100،000 ރުފިޔާ ވަގަށް ގެންދިޔައެވެ. އަދި މިދިޔަ ހުކުރު ދުވަހުވެސް އާރުޑީސީގެ ތިޖޫރިން ވަނީ 3000 ރުފިޔާ ވަގަށް ނަގާފައެވެ. މިހާ ގާތްގާތުގައި އާރުޑީސީގެ އޮފީސް ވަގުންނަށް ފަޅާލެވިފައި މި ވަނީ ކިހިނެއް ކަމެއް ނޭނގެއެވެ. އެތަނުގެ ސެކިއުރިޓީ ހަމަޖައްސާފައިވާ ގޮތް ވެސް މިހާތަނަށް އެނގިފައެއްނުވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނަޝީ
ތިޔަބުނާ ތިޖޫރީ ވަގައްނެގުމުގެ ކުރިން ހެންވޭރު ކޮޅުގައި އިމާރާތްކުރާ ''ހ.ދަވާލި'' އެވެ ކިޔުނު 16 ބުރީގެ އިމާރާތުގެ ވެރިފަރާތް ވަނީ މުޅި ދައިލަތް ލޫޓުވާލާފާ
B Birubodu
މޫކޭގެ މޫނު ބެލުމުން އެނގޭނެ ބޮޑުވަގެއްގެ ސިފަޖަހާކަން އާރުޑީސީ ފަޅަނީ މޫކޭގެ ގޭންގުން ވަރަށްސާފް އިނގޭތޯ
b birubodu
އެތިޖޫރީގެ ފައިސާތަށް ނަގަނީ މޫކޭ ދެންބުނަނީ ވަގުގެންދިއަކަމަށް