ދަނޑުވެރިން އުފައްދާ ތަކެއްޗަށް މާކެޓް ހޯދައިދިނުމަށް ސަރުކާރުން އުފެއްދި އެގްރޯ ނޭޝަލް ކޯޕަރޭޗަން (އެގްރޯނެޓް) ކުންފުނިން ދަނޑުވެރިކަމުގެ މަސައްކަތުގެ ތެރެއަށް ވަންނަމުންދާކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް، އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ތިން ރަށެއް އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑަށް ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން، އެކަމަށް އިޝާރާތްކުރައްވާ ޢަލީ ޢާޒިމް ވިދާޅުވީ، އެގްރޯ ކުންފުނި އުފެއްދި މަޤްޞަދަކީ ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކުރުމުގައި އެހީތެރިވެދިނުންކަމަށާއި، ދަނޑުވެރިންގެ މަސައްކަތުގެ ތެރެއަށް ވަނުން ނޫންކަމަށެވެ. އެގޮތުން މިސާލެއްގެ ގޮތުންޢާޒިމް ދެއްކެވީ ސަރުކާރުގެ މަސްކުންފުނި މިފްކޯއެވެ. މިފްކޯއިންވެސް މަސްވެރިކަން ނުކުރާކަމަށް ފައްޔާޟަށް އިޝާރާތްކުރައްވާ ޢާޒިމް ވިދާޅުވިއެވެ.
އެގްރޯ ކޮމްޕެނީ އުފެއްދި މަޤްޞަދަކީ ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކުރުމުގައި އެހީތެރިވެދިނުން. ދަނޑުވެރިންގެ މަސައްކަތުގެ ތެރެއަށް ވަނުމެއް ނޫން. މިފްކޯއިންވެސް މަސްވެރިކަން ކުރާކަށް ނޫޅޭ ދެއްތޯ ފައްޔާޟް.
– ޢަލީ ޢާޒިމް
ހުސްވި އަހަރުތެރޭ ކޯވިޑާއި ގުޅިގެން ރާއްޖެއަށް އިޤްތިސާދީގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އެގްރޯ ނޭޝަނަލް ކޯރޕަރޭޝަންގެ ނަމުގައި ދަނޑުވެރިކަމަށް ޙާއްސަ ކުންފުންޏެއް ސަރުކާރުން އުފެއްދެވީ ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، އިމްޕޯޓަށް ބަރޯސާ މިންވަރު ކުޑަކުރަށެވެ.
މީގެ އިތުރުން ދަނޑުވެރިކަން ކުރުމަށް ސަރުކާރުން ތިން ރަށެއް އެގްރޯ ކުންފުންޏަށް ދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ހއ.މުލިދޫ، ލ. ގާދޫ އަދި ގދ.ގަމެވެ.
ކޮމެންޓު ފޮނުވާ