ސައުދީ އަރަބިއާއިން، ބޭރުގެ ގައުމަކަށް އައްޔަން ކުރާ، 3 ވަނަ އަންހެން ސަފީރު، ސަފީރު ކަމުގެ ހުވާ ކުރައްވާއިފިއެވެ.
އިނާސް އަލް-ޝަހުވާން ސަފީރު ކަމަށް އައްޔަން ކޮށްފައިވަނީ، ސްވިޑްންއަށާއި އައިސްލޭންޑަށެވެ. އޭނާ ސަފީރުކަމުގެ ހުވާ ކުރައްވާފައިވަނީ، ވާޗުއަލްކޮށް، ސައުދީ ރަސްގެފާން ކިންގ ސަލްމާން ބިން އަބުދުން އަޒީޒުއާއި، އަދި ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ހާޒިރުގައެވެ.
ސައުދީ ޕްރެސް އޭޖެންސީ (SPA)އިން ހާމަ ކޮށްފައިވާ ގޮތުގައި، އޭނާ ސްވިޑްންއާއި އަދި އައިސްލޭންޑަށް ސައުދީ އަރަބިއާއިން ކަޑައަޅާ ސަފީރުގެ މަގާމަށް އައްޔަން ކުރެއްވުމާއި ގުޅިގެން އޭނާއަށް އިތުބާ ކުރައްވާ، ސައުދީ އަރަބިއާ ތަމްސީލު ކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކާ ރަސްގެފާނު ސަލްމާން އަށާއި އަދި ވަލީ އަހުދު މުހައްމަދު ބިލް ސަލްމާންއަށް އަލް-ޝަހުވާން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
أهنئ السفراء المعينين حديثاً لدى الدول الشقيقة والصديقة على تأدية القسم أمام مولاي خادم الحرمين الشريفين وبحضور سيدي سمو ولي العهد، متمنياً لهم التوفيق والنجاح في خدمة الدين ثم المليك والوطن. pic.twitter.com/F8LfbQfQdX
— وليد الخريجي (@W_Elkhereiji) April 21, 2021
އަދި އޭނާ ވަނީ، ސައުދީ ރަސްގެފާނުގެ ލީޑަރޝިޕްގައި، އަންހެނުންގެ ކުރިއެރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވި ކަމަށްވެސް ސައުދީ ޕްރެސް އޭޖެންސީ (SPA)އިން ހާމަ ކޮށްފައި ވެއެވެ. މީގެ ތެރޭގައި، ޑިޕްލޮމެޓިކް މަސައްކަތްތަކުގައާއި، ސައުދީ އަރަބިއާ ބޭރުގެ ދުނިޔޭގައި ތަމްސީލް ކުރުމުގައާއި، ބައިނަލް އަގުވާމީ ފޯރަމްތަކުގައިވެސް ސައުދީ އަރަބިއާ ތަމްސީލު ކުރުމުގައިވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށްވެސް އަލް-ޝަހުވާން ވަނީ ވިދާޅުވެފައެވެ.
ސައުދީ އަރަބިއާއިން ވަނީ އެގައުމުން ބޭރުގެ ގައުމަކަށް ކަޑައަޅުއްވާ އެންމެ ފުރަތަމަ އަންހެން ސަފީރެއްގެ ގޮތުގައި، ޕްރިންސެސް ރީމާ ބިންތި ބަންދަރު، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު އައްޔަން ކޮށްފައެވެ. އޭނާ ކަދައަޅުއްވާފައިވަނީ، ސައުދީން އެމެރިކާއަށް ކަޑައަޅުއްވާ ސަފީރެއްގެ ގޮތުގައެވެ.
އަދި 2020 ވަނަ އަހަރު އޮކްޓޯބަރ މަހު، ސައުދީ އަރަބިއާއިން ވަނީ، 2 ވަނަ އަންހެން ސަފީރަކުންވެސް އައްޔަން ކޮށްފައެވެ. އާމާލް ޔަހުޔާ އަލް-މޯލިމި އައްޔަން ކޮށްފައިވަނީ ނޯވޭއަށް ސައުދީ އަރަބިއާއިން ކަޑައަޅާ ސަފީރެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ