ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޖިމީ
25 އޭޕްރިލް 2021 10:39
0

ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު މިމަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީންނެވެ.

މި މަޝްރޫޢުގެ ދަށުން ވ.ފުލިދޫ ގިރާ ސަރަޙައްދުން 1.2 ހެކްޓަރުގެ ސަރަޙައްދަކަށް ވެލިއަޅާ ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި 210 މީޓަރުގައި ގްރޯއިންސް ޖެހުމާއި 270 މީޓަރުގެ ބޭރު ތޮށިލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫޢުއަކީ 16.94 މިލިއަން ރުފިޔާ ޚަރަދުކޮށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.