ރައީސް ޔާމީން ޖަލުގައި 500 ދުވަސް: އިދިކޮޅުން މިރޭ އިހުތިޖާޖަށް ނިކުންނަނީ

ރައީސް ޔާމީން ޖަލުގައި 500 ދުވަސް: އިދިކޮޅުން މިރޭ އިހުތިޖާޖަށް ނިކުންނަނީ

Author
މުޙައްމަދު ޝަޒައިމް
21 އޭޕްރިލް 2021 05:24
0

ރައީސް ޔާމީން ޖަލުގައި އޮންނަތާ 500 އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މިރޭ އިހުތިޖާޖަށް ނިކުތުމަށް ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިރޭގެ އިހުތިޖާޖު ފެށުމަށް ހަމަޖެހިފައިވަނީ ބޮޑުތަކުރުފާނު މަގު ޕީޕީއެމް އޮފީސް ކުރިމަތިން މިރޭ 21:30 ގައިކަމަށެވެ. މިހަރަކާތާއި ގުޅިގެން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ އަތޮޅު ކައުންސިލަށް އިންތިޚާބު ވެފައިވާ މުހައްމަދު ނިމާލް ވިދާޅުވީ މި މުޒާހަރާއަކީ ސުލްހަވެރިކަމާއިއެކު ކުރިއށް ގެންދިއުނަށް ނިންމާފައިވާ މުޒާހަރާއެއް ކަމަށެވެ. މި މުޒާހަރާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއްކަަމަށް އޭނާ ބުނެފައިވެއެވެ.

މިމުޒާހަރާއަކީ ރައީސް ޔާމީން ނުހައްގުން ޖަލަށްލާފައިވާތާ 500 އަށްވުރެ ގިނަ ދުވަސްވާތީ އެމަނިކުފާނު ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލައި ބާއްވާ މުޒާހަރާއަކަށްވާއިރު މިމުޒާހަރާގައި އެމަނިކުފާނަށް ތާއިދު ކުރައްވާ ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވުމަށް ވަނީ އެދިފައެވެ.

ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ރައީސް ޔާމީންގެ ހުކުމުގެ ޝަރީއަތުގެ މަރުހަލާ ކުރިއަށް ގޮސްފައިވާ ގޮތުންވެސް ރައްޔިތުންނަށް އެކުމަކީ އިންސާފުވެރި ހުކުމެއްނޫންކަން ކަށަވަރު ވާނެކަމަށެވެ. ހުކުމް ކުރަން އެންމެ ގަޑިއިރަކަށް ވެފައިވަނިކޮށް ޤާޒީ ބަދަލުކޮށް ބޭނުންވާ ފަނޑިޔާރަކު ލައްވައި ހުކުމް ކުރުވައި މިއަދު އެފަނޑިޔާރު ހުންނެވީ ކޮން ތާކު ކަމާއިމެދުވެސް ވިސްނާލުން ރަނގަޅު ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ޤައުމު އިތް ހާލަތުންނާއި، ޤައުމުގައި ހުރި މައްސަލަތައް ހައްލުކުރަން ރައްޔިތުން އެދޭއިރު މިކަމަށް އިޖާބަ ދޭނެ ސަރުކާރެއް ނެތްކަމަށެވެ. މިކަން ކުރެވޭނީ ދިވެހި ރައްޔިތުން ނިކުމެ މިހާރު އޮތް ވެރިކަން ޖަވާބުދާރީކޮށް ޒިންމަދާރުކޮށްގެން ކަމަށާއި، އެކަން ކުރުމަށް ހުރިހާ ރައްޔިތުންވެސް ނިކުތުމަށް އޭނާ ވަނީ ގޮވާލަފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.