ހަތް އަހަރަށްފަހު ޝައިހު ރަޝީދު އިސްލާމީ މަރުކަޒުގެ އިމާމުކަމުން ވަކިވެ، އިސްލާމިކް ޔުނިވާސިޓީއަށް

ހަތް އަހަރަށްފަހު ޝައިހު ރަޝީދު އިސްލާމީ މަރުކަޒުގެ އިމާމުކަމުން ވަކިވެ، އިސްލާމިކް ޔުނިވާސިޓީއަށް

Author
އަހުމަދު
10 ޖުލައި 2026 04:30
0

އިސްލާމީ މަރުކަޒުގެ އިމާމެއްގެ ގޮތުގައި ހަތް އަހަރު ހިދުމަތް ކުރެއްވުމަށްފަހު، ޝައިހު އިބްރާހިމް ރަޝީދު ހަސަން އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރޭ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ޝައިހު ރަޝީދު ވިދާޅުވީ، އެ ނިންމުން ނިންމެވީ ތައުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ދިވެހި ގައުމަށް ހިދުމަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތެއްގެ ބޭނުން ހިއްޕެވުމުގެ ގޮތުން ކަމަށެވެ. އަދި މިހާރު އިސްލާމިކް ޔުނިވާސިޓީގައި މަސައްކަތް ފައްޓަވާފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.

ޝައިހު ރަޝީދު ސިފަކުރެއްވި ގޮތުގައި، އިސްލާމީ މަރުކަޒުގެ އިމާމެއްގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ބޮޑު ޝަރަފެއް، އަދި ފަހުރެކެވެ.

މީގެ އިތުރުން، މަގާމުގެ އިތުބާރު ކުރައްވައި އެ މަގާމަށް އައްޔަން ކުރެއްވި ކަމަށްޓަކައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޭނާ ޝުކުރު ދެންނެވިއެވެ. އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމުގައި ދެއްވި އަގުހުރި ނަސޭހަތާއި އިރުޝާދަށްޓަކައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އާއި މިހާރުގެ އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށްވެސް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.