އަންނަ މަހުގެ29 ވަނަ ދުވަހުގެ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ޤައުމީ މަޖިލީހުގެ މާލެ ސިޓީގެ ދާއިރާގެ ރައީސްކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ސިޔާ މުހައްމަދު ކުރިމަތި ލެއްވުމަށް ނިންމަވައިފިއެވެ.
ސިފާވަނީ އެމްޑީޕީގެ ކައުންސިލް ޕްރައިމަރީގައި އަނަސް އަބްދުއް ސައްތާރާއި ވާދަކޮށް ބަލިވެފައެވެ. ނަމަވެސް އެއިއްތިޚާބުގައި ވޯޓަށް މަކަރު ހެދުމާއި، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލިކަމަށް އެމްޑީޕީގެ ގިނަމެމްބަރުން ވަނީ ބުނެފައެވެ. މާލޭގެ މިހާރުގެ މޭޔަރު ސިފާ މުހައްމަދު ބަލި ކުރައްވާ މާލޭގެ މޭޔަރުކަމުގެ ޕާޓީ ޓިކެޓް ކާމިޔާބު ކުރެއްވީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލްކަންވެސް ކުރައްވަމުން ގެންދެވި އަނަސް އަބްދުއް ސައްތާރެވެ. އަނަސް ސިފާގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ 200 ވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ. ނަމަވެސް ކައުންސިލް އިންތިޚާބުގައި އަނަސްވަނީ ބޮޑު ތަފާތަކުން ބަލިވެފައެވެ.
ކައުންސިލް ޕްރައިމަރީގައި ލިބުނު ނާކާމިޔާބަށްފަހު ސިފާގެ ސިޔާސީ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް މާލެ ދާއިރާގެ ރައީސްކަމަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ. ސިފާ ވިދާޅުވީ އޭނާއަށް މިކަމުގައި މާލެ ސިޓީގެ އެމްޑީޕީ ހުރިހާ މެމްބަރުންގެ ތާއީދާއި ސަޕޯޓް ބޭނުންވާކަމަށެވެ.
މާލޭގެ އެމް.ޑީ.ޕީ މެމްބަރުންނަށް …. pic.twitter.com/4BLojVT6cV
— Shifa Mohammed? (@SifaMohammed) April 21, 2021
މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހަކީ އެ ޕާޓީގެ ކަންކަން ނިންމުމަށް މަޝްވަރާ ހޯދައި ފަހު ބަސް ބުނާ ތަނެވެ. ވަކި ގޮތަކަށް ގައުމީ މަޖިލީހުން ފާސްކޮށްފި ނަމަ، އެ ގޮތަކަށް ޕާޓީން އަމަލުކުރަން ޖެހޭނެ އެވެ. އެހެންވެ، ގައުމީ މަޖިލީހުގެ ބާރުވެރިކަން، އެ ޕާޓީގެ ކޮންމެ ލީޑަރަކަށް ވެސް މުހިންމެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް މިހާރު އެކުލެވިގެން ވަނީ 147 މެމްބަރުންގެ މައްޗަށެވެ. އެ އަދަދު ބަދަލުވުމުގެ ފުރުސަތު އޮވެ އެވެ. އެއީ މަޖިލިސް މެމްބަރަކީ ދާއިރާގެ މެމްބަރަށް ވުން ނުވަތަ މަޖިލިސް މެމްބަރުގެ އިތުރުން ދާއިރާގެ މެމްބަރަކަށް އެހެން ބޭފުޅަކު އިންތިހާބުކުރާ ފަދަ ހާލަތްތަކުގަ އެވެ.
ކޮމެންޓު ފޮނުވާ