މަޖިލީހަށް ވަޒީރުންގެ ނުފޫޒު އޮތްކަމަށްބުނެ ނުސީދާކޮށް މިނިސްޓަރ ފައްޔާޒުއަށް ކިތަންމެ ބަހުގެ ހަމަލާއެއް ބަދަލު ކުރި ކަމުގައި ވީނަމަވެސް ފައްޔާޒުއާއި ނުކުޅެވޭނެކަމަށްބުނެ ކުރީގެ ވަޒީރު މަލީހުގެ ބަހުގެ ހަމަލާއެއް އާޒިމްއަށް ދެއްވައިފިއެވެ.
އޯވާޑްރޯ އިތުރު ކުރުމުގެ މައްސަލައިގައި މަޖިލީހުން ގޮތެއް ނުނިމުނީ ބައެއް ވަޒީރުންގެ ނުފޫޒު މެމްބަރުންނަށް ފޯރުވުމުން ކަމުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ ވިދާޅުވެފައެވެ. އާޒިމްގެ ވާހަތަކާއި ގުޅިގެން މަލީހު ވިދާޅުވީ ކިތަންމެ ވަރަކަށް ފައްޔާޒުއާއި ކުޅެން އުޅުނު ނަމަވެސް އެކަން ކުރެވޭނެ ވަރުގެ ހިތްވަރެއް މަޖިލިހުގައި ނެތްކަމަށެވެ. އެކަން ކުރާނަމަ ފުރަތަމަ ކުރަންޖެހޭ ކަމަކީ ރައީސް ޞާލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކުރުން ކަމަށާއި، އެނޫން ގޮތަކަށް ފައްޔާޒު އާއި ނުކުޅެވޭނެކަމަށް މަލީހު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އާއި ނުކުޅެވޭނެ. އެކަން ކުރަން ބޭނުންވާނަމަ ފުރަތަމަ ޖެހޭނީ ރައީސްގެ ނޯކޮންފިޑެންސް ނަގަން. ދުރުން ބަލަން އިންނައިރު މާރީއްޗަށް ފެންނަނީ އަމިއްލަފުޅަށް އޮޑި ފައްތާލާތަން. ފުރަތަމަ ހާފްގެ ބޮޑު ބަލިން ލޯކަލް ކައުންސިލް ގެއްލުނީ. ބާކީ ގިނަވެގެން 688 ދުވަސް.
– މަލީހު ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިކަމުގައި ގޮތެއް ނުނިމި ދިޔައީ ސަރުކާރުގެ ބައެއް ވަޒީރުން އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުންނާއި އެއްވެސް މަޝްވަރާ ކުރުމެއްނެތި ސީދާ މަޖިލިސްގައި ހިމެނޭ މެމްބަރުންނަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް މިކަން ކުރަން އުޅުންކަމަށެވެ. އަދި މިގޮތަށް ކަންކަން ތަކުރާރު ނުކުރުމަށް އާޒިމް ވަނީ ވަޒީރުންގެ ކިބައިން އެދިފައެވެ.
ދައުލަތުގެ ޙަރަދަށް ޒިންމާވުމުގެ ޤާނޫނަށް އަމަލުކުރުން ފަސްކުރުމަށް ދެވިފައިވާ އިސްތިސްނާގެ މުއްދަތު އިތުރުކުރުމަށް ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުން މަޖިލީހުން ގޮތެއްނުނިމި ދިޔައީ ސަރުކާރުގެ ބައެއް ވަޒީރުން، މަޖިލީސްގެ އެމް.ޑީ.ޕީގެ ލީޑަރ ޝިޕާއި މަޝްވަރާ ކުރުމުގެ ބަދަލުގައި ބައެއް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވާ ވަކި ގޮތަކަށް ކަންކަން ކުރަން އުޅުމުން. މިގޮތައް ކަންކަން ނުކުރުމަށް އެފަދަ ވަޒީރުންނަށް ދަންނަވަން.
– އާޒިމް ވިދާޅުވިއެވެ.
މިނިސްޓަރ ފައްޔާޒާއި ދެކޮޅަށް މަޖިލީހުގެ އެމްޑީޕީ މެމްބަރުން މީގެ ކުރިން ކުރެއްވި މަސައްކަތްތަކާއި ގުޅިގެން ރައީސް ޞާލިހު ވިދާޅުވީ މިނިސްޓަރ ފައްޔާޒް އިސްމާއިލަށް ފުރިހަމަ އިތުރުބާރު އޮތްކަމަށެވެ. އަދި މިނިސްޓަރ ފައްޔާޒް އިސްމާއިލްއަކީ މިސަރުކާރުގެ ވައުދުތައް ފުއްދުމުގަޔާއި، ތަންފީޒީ މަރުހަލާގައިވެސް އެންމެބުރަކޮށް މަސައްކަތް ކުރައްވާ އެއްވަޒީރުކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ކޯވިޑް19ގެ ހާލަތުގައިވެސް ދިމާވި މައްސަލަތައް ހައްލުކޮށް ދެއްވުމުގައި މިނިސްޓަރ ފައްޔާޒު ވަރަށްބުރަކޮށް މަސައްކަތް ކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ